Dhivehi Hadees Mv | ދިވެހި ޙަދީޘް
273 subscribers
145 photos
10 files
29 links
Dhivehi Channels:
@DhivehiQuran
@DhivehiHadees

English Channels:
@virtuousmuslim

All credits belong to those who made the posts.
Download Telegram
ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރައްވާފައިވެއެވެ:

🍀(إن سورة من القرآن ثلاثون آية شفعت لرجل حتى غفر له وهي سورة تبارك الذي بيده الملك)


"ހަމަކަށަވަރުން ޤުރްއާނުގައި ތިރީސް އާޔަތްވާ ސޫރަތެއްވެއެވެ، އެ ސޫރަތް [ކިޔަވާމީހާގެ ] ހުރިހާ ފާފައެއް ފުއްސެވެންދެން ޝަފާޢަތްތެރިވެއެވެ. އެއީ ތަބާރަކަ ސޫރަތެވެ. "

رواه الترمذي (2891)

🍀 كَانَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لَا يَنَامُ حَتَّى يَقْرَأَ بِتَنْزِيلُ السَّجْدَةِ وَبِتَبَارَكَ.

ނަބިއްޔާ صلى الله عليه وسلم ކޮންމެ ރެޔަކު ސަޖިދަ ސޫރަތް އަދި ތަބާރަކަ ސޫރަތް ކިޔަވާ ވިދާޅުވުމަށްފަހުގައި މެނުވީ އަވަހާރަފުޅު ނުލައްޕަވައެވެ.

سنن الترمذي( 3404)
ޤުދްސީ ޙަދީޘެއްގައި މާތްالله ވަހީ ކުރައްވާފައިވާކަމަށް ނަބިއްޔާ ﷺ ޙަދީޘް ކުރައްވާފައިވެއެވެ:

ކޮންމެ ރެއެއްގެ ތިންބަކުޅަ ފަހުބައިގައި , الله ތަޢާލާ ދުނިޔޭގެ އުޑަށް ފައިބައިވޮޑިގަންނަވައެވެ. އަދި އެ އިލާހު ވަޙީ ކުރައްވައެވެ:

ތިމަން އިލާހަށް ދުޢާ ދަންނަވާނީ ފަހެ ކާކުހެއްޔެވެ؟ , އެމީހެއްގެ ދުޢާ ތިމަން އިލާހު އިޖާބަ ކުރައްވާނަމެވެ.

ތިމަން އިލާހުގެ ޙަޟްރަތުން ކަމަކަށް އެދޭނީ ފަހެ ކާކު ހެއްޔެވެ؟, އެމީހެއް އެދޭކަމެއް ތިމަން އިލާހު ފުއްދަވާ ދެއްވާނަމެވެ.

ތިމަން އިލާހުގެ ޙަޟްރަތުން ފާފަފުއްސެވުން އެދި ދަންނަވާނީ ފަހެ ކާކު ހެއްޔެވެ؟ , އެމީހެއްގެ ފާފަ ތިމަން އިލާހު ފުއްސަވާ ދެއްވާނަމެވެ.

متفق عليه
1145 صحيح البخاري
758 صحيح مسلم
ރަސޫލާ صلى الله عليه وسلم 4 ރޮނގު ކުރެއްސެވުމަށްފަހު ހަދީޘްފުޅުކުރެއްވެވިއެވެ:

"ތިމަންކަލޭގެފާނު މި ރޮނގުތައް ކުރެއްސެވި ސަބަބު އެނގޭތޯއެވެ؟ "

އެވަގުތު އެކަލޭގެފާނުގެ އަރިހުގައި ތިއްބެވި ޞަޙާބީބޭކަލުން ދެންނެވިއެވެ. "ނޫނެކެވެ. "

އެހިނދު އެކަލޭގެފާނު ޙަދީޘްފުޅުކުރެއްވިއެވެ.” ސުވަރުގޭގައިވާ އެންމެ ހެޔޮކަނބަލުން 4ކެވެ: އެއީ,

⚘ މަރިޔަމް ބިންތު ޢިމްރާން ,
⚘އަދި ޚަދީޖާ ބިންތު ޚުވައިލިދު ,
⚘އަދި ފާޠިމާ ބިންތު މުޙައްމަދު ,
⚘އަދި އާސިޔާ ބިންތު މުޒާހިމް އެވެ. "

مسند أحمد 2957
💥ޤިޔާމަތްދުވަހުން މި އުންމަތުގެ މުސްލިމުންގެ ތެރެއިން އެކަލޭގެފާނުގެ ސުންނަތަށް ތަބަޢަވީ މީހުންނަށް ނަބިއްޔާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ގެ ޙައުޟުން ފެންބުއިމަށް ލިބޭނެއެވެ. އެކަލޭގެފާނު ޙަދީޘްކުރައްވާފައި ވެއެވެ:

" حَوْضِي مَسِيرَةُ شَهْرٍ، مَاؤُهُ أَبْيَضُ مِنَ اللَّبَنِ، وَرِيحُهُ أَطْيَبُ مِنَ الْمِسْكِ، وَكِيزَانُهُ كَنُجُومِ السَّمَاءِ مَنْ شَرِبَ مِنْهَا، فَلَا يَظْمَأُ أَبَدًا ".

މާނައީ : ތިމަންކަލޭގެފާނުގެ ޙައުޟުގެ ދިގުމިނުގައި އެއްމަސްދުވަހުގެ ރާސްތާވެއެވެ. އެ ފެނުގެ ކުލަ ކިރަށްވުރެ ހުދުވެގެން ވެއެވެ.އަދި އެ ފެނުން މިސްކަށްވުރެއް މީރުވަސް ދުވާނެއެވެ. އަދި އެ ފެންބުއިމަށްވާ ތަށިތަށް އުޑުގައިވާ ތަރިތަށް ފަދައިން ވާނެއެވެ. އެ ފެނުން ފެންބޮއެފި މީހާ ދުވަހަކުވެސް ކަރު ނުހިއްކާނެއެވެ.
صحيح البخاري 6579

💧🧉އެހެން ޙަދީޘްފުޅެއްގައި ވެއެވެ:
مَاؤُهُ أَشَدُّ بَيَاضًا مِنَ اللَّبَنِ وَأَحْلَى مِنَ الْعَسَلِ ".
އެ ފެން ކިރަށް ވުރެއް ހުދެވެ. އަދި މާމުޔަށްވުރެއް ފޮންޏެވެ.
صحيح مسلم 2300
🛶އެއްދުވަހަކު މީހަކު އޭނާގެ ރަހުމަތްތެރިޔަކަށް ޒިޔާރަތްކުރުމައްޓަކައި އެހެން ރަށަކަށް ދަތުރުފެށިއެވެ. އެމީހާ ދަތުރުމަތީގައި ވަނިކޮށް މާތްﷲ އެމީހާ ގާތަށް މަލާއިކަތްބޭކަލަކު ފޮނުއްވިއެވެ. އަދި އެމީހާއާ ސުވާލުކުރެއްވިއެވެ: ތިބާ ތިދަނީ ކޮންތާކައްހެއްޔެވެ؟
އެމީހާ ބުންޏެވެ. ތިމަންނާގެ އެކުވެރިއަކަށް ޒިޔާރަތްކޮއްލުމަށް އެއަޚާގެ ރަށައް ދަނީއެވެ. އެވަގުތު އެ މަލާއިކަތާ ސުވާލުކުރެއްވިއެވެ. އެ އަޚާގެ ފަރާތުުން ބޭނުންވާ އެއްވެސް ކަމެއް އޮތީ ހެއްޔެވެ؟ އެމީހާ ބުންޏެވެ. ނޫނެކެވެ. ތިމަންނާ އެ އަޚާދެކެ މާތްﷲ އަށްޓަކައި ލޯބިވުން ފިޔަވައި އެހެން އެއްވެސް ކަމެއް ނުވެއެވެ.
އެ މަލާއިކަތާ ވިދާޅުވިއެވެ: ހަމަކަށަވަރުން ތިމަން ބޭކަލުންނީ މާތްﷲ ތިބާގާތައް ފޮނުއްވެވި ބޭކަލަކީމުއެވެ. އެއީ ތިބާ ﷲއަށްޓަކައި ތިބާގެ އަޚާދެކެ ލޯބިވުމުގެ ސަބަބުން މާތްﷲ ތިބާދެކެ ލޯބިވެ ވޮޑިގެންވާ ވާހަކަ ބުނުމައްޓަކައެވެ.

رواه مسلم 2567
ޢުމަރު ބިން ޚައްޠާބުރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. ޔަހޫދީންގެ މީހަކު އެކަލޭގެފާނަށް ދެންނެވިއެވެ. އޭ އަމީރުލް މުއުމިނީންއެވެ. ތިޔަބައިމީހުންގެ ފޮތުގައި (ޤުރުއާނުގައި) ތިޔަބައިމީހުން ކިޔަވައި އުޅޭ އާޔަތެއް، އެއީ ތިމަންނާމެން ޔަހޫދީންގެ މައްޗަަށްވާނަމަ އެދުވަހަކީ ބޮޑުވެގެންވާ ޢީދެއްކަމުގައި ހެދީމުހެވެ. ވިދާޅުވިއެވެ. ކޮން އާޔަތެއް ހެއްޔެވެ؟ ޔަހޫދީ މީހާ ބުންޏެވެ.

" الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمْ الْإِسْلَامَ دِينًا (މިއާޔަތެވެ.)"

ޢުމަރު ރަޟިޔަﷲ ޢަންހު ދެންނެވިއެވެ. ތިމަންބޭކަލުންނަށް ހަމަކަށަވަރުން ތިޔަދުވަސް އެނގެއެވެ. އަދި އެއާޔަތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ބާވަލެއްވި ތަންވެސް އެނގެއެވެ. އެތަނަކީ ހުކުރު ދުވަހު ޢަރަފާތް ބިމުގައި އެކަލޭގެފާނު ތެދުވެވަޑައިގެން ހުންނަވަނިކޮށެވެ."

صحيح البخاري 45
އަރަފާތް ދުވަހަކީ، އެދުވަހެއްގައި އެންމެގިނައިން އަޅުތަކުން ނަރަކައިން މިންޖު ކުރައްވާ ދުވަސްކަމަށް ވާރިދުވެގެންވާ ދުވަހެވެ.
ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(مَا مِنْ يَوْمٍ أَكْثَرَ مِنْ أَنْ يُعْتِقَ اللَّهُ فِيهِ عَبْدًا مِنْ النَّارِ مِنْ يَوْمِ عَرَفَةَ.)

މާނައީ: "ދުވަސްތަކުގެ ތެރެއިން الله ސުބުޙާނަހޫ ވަތަޢާލާ، ޢަރަފާތްދުވަހަށްވުރެ ގިނައިން އެހެންދުވަހެއްގައި، އަޅުތަކުން ނަރަކައިން މުއްތިނުކުރައްވަތެވެ."

صحيح مسلم ١٣٤٨

@DhivehiHadees (Telegram)
@DhivehiQuran (Telegram)