Dhivehi Hadees Mv | ދިވެހި ޙަދީޘް
273 subscribers
145 photos
10 files
29 links
Dhivehi Channels:
@DhivehiQuran
@DhivehiHadees

English Channels:
@virtuousmuslim

All credits belong to those who made the posts.
Download Telegram
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين. أما بعد:


އަޅުގަނޑުމެންގެ ތެރެއިން ކިތައް މީހުންތޯ ރައްޓެހިންނާއެކު ކޮފީއެއްގަޢި، ނުވަތަ ކޮންމެވެސް އެހެން މުނިފޫހިފިލުވުމެއްގައި ތިބެނިކޮށް ނަމާދަށް ބަންގި ގޮވުމުން، ނަމާދަށް ގޮސްލާފަ އަންނާނަމޭ ބުނަން ލަދުގަންނަނީ؟ ނުވަތަ ތިމަންނަ ފަތިސް ނަމާދަށް ހޭލަން ޖެހޭތީ ނިދަން ގޮސްލާނަމޭ ބުނަން ލަދު ގަންނަނީ؟ މިހާރުގެ ޒުވާން ޖީލުގެ މެދުގައި މިދެންނެވި ފަދަ މީހުން ވަރަށް ގިނައެވެ. ލަދުގަނެ ޖެހިލުން މިވަނީ ތިމާ އެ އެއްވުން ދޫކޮށް ގޮސްފިނަމަ، ދެންތިބި ރައްޓެހިން ތިމާޔާ ދެމެދު ދެކޭނެ ގޮތަކާ މެދުގައެވެ. ތިމާއީ ވަރަށް ކަޓު މީހެކެވެ. އެއޮށް މަޖާ ވާހަކަ ގަނޑުގެ ތެރެއިން ފަނިކޮށްލާފަ އެއޮށް ދިޔައީ ނޫންހެއްޔެވެ. މިފަދައިންނެވެ. ދެން ހިތަށް މިއަރަނީ ރަނގަޅުވާނެއޭ ފަހުން ނަމާދުކޮށްލާނީއެވެ.
އެހެންނަމަވެސް އަޅުގަނޑުމެންނަށް ނުވިސްނޭ ކަމަކީ، ﷲ ގެގޮވާލުމަށް އިޖާބަ ނުދީ އެހެން ކަންތަށް އިސްކުރުމީ އެއީ އެއިލާހުގެ އަމުރުފުޅަށް ފުރަގަސްދީ އިންކާރު ކުރެވުންކަމެވެ. ތިބާ ﷲ ގެ ގޮވާލުމަށް އިޖާބަދިނުމުން ތިބާ ކަޓު މީހެއްގެ ގޮތުގައި ފާހަނގަ ކުރަން އެއީ ކޮންބައެއްތޯއެވެ! ތިބާ ވިސްނަންވީ އެމީހުންގެ މެދުގައި ތިބާގެ ދަރަޖަ އޮތް ހިސާބަކާ ދޭތެރޭ އެއްނޫނެވެ. ތީބާ ވިސްނަންވީ ތިބާގެ ދަރަޖަ ތިބާ ހެއްދެވި ވެރި ރަސްކަލާނގެ ޙަޝްރަތުގައި އުފުލިގެންދާ ވަރާ ދޭތެރޭއެވެ. މާތް ﷲ ކީރިތި ޤުރުއާނުގައި ވަހީ ކުރައްވާފައިވަނީ މިފަދައިންނެވެ.

🌿فَاذْكُرُونِي أَذْكُرْكُمْ وَاشْكُرُوا لِي وَلَا تَكْفُرُونِ (އަލް ބަޤަރާ – 152)
“ ފަހެ، ތިޔަބައިމީހުން ތިމަން ރަސްކަލާނގެ ހަނދުމަކުރާށެވެ! އޭރުން ތިމަން ރަސްކަލާނގެ ތިޔަބައިމީހުން ހަނދުމަކުރައްވާ ހުށީމެވެ. އަދި ތިމަންރަސްކަލާގެއަށް ތިޔަބައިމީހުން ޝުކުރު ކުރާށެވެ! އަދި ތިމަންރަސްކަލާނގެއަށް ތިޔަބައިމީހުން ކާފިރު ނުވާށެވެ! “

މިއާޔަތުންވެސް ދޭހަވެގެންދަނީ ﷲ ގެމަތިން ހަނދުމަކޮށް އެކަލާނގެ ގޮވާލުންތަކަށް އިޖާބަދިނުމުގެ މުހިންމުކަމެވެ. މިދުނިޔެމަތީގެ އުފަލަކީ ކުޑަކުޑަ ހިނދުކޮޅެއްގެ ކަމެކެވެ. ދާއިމީ އުފާ އޮތީ އުޙުރަވީ ހަޔާތުގައެވެ. ވިސްނާލައްވަވާށެވެ! ތިބާ މިއަދު އެރަށްޓެހިންގެ ވަސްވާސްތަކަށް ނުހެއްލި މާތް ﷲ މަތިން ހަނދުމަކޮށްފިނަމަ، އެކަލާނގެ ތިބާ ހަނދުމަކުރައްވާހުށީ މިއައްވުރެ މާތް ދުވަހެއްގައި އަދި މިއަތްވުރެމާތް ބިމެއްގައެވެ. އެއީ މަޙުޝަރުގެ ބިމުގައެވެ.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Jannahmv.com

@DhivehiQuran (Telegram)
@DhivehiHadees (Telegram)
❤2👍1
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين. أما بعد:


🌿رسول الله صلّى الله عليه وسلّم حديث ފުޅުކުރެއްވިއެވެ.

“ތިމަންކަލޭގެފާނުގެ މައްޗަށް އެއްފަހަރު ޞަލަވާތްކިޔަވައިފިމީހާ ދަންނައެވެ. މާތްﷲ އޭނާގެ މައްޗަށް ދިހަފަހަރު ރަޙުމަތްލައްވާނެއެވެ.”

— أخرجه مسلم.


🌿އަދިވެސް އެކަލޭގެފާނު حديث ފުޅުކުރެއްވިއެވެ.

“ތިމަންކަލޭގެފާނުގެ ޤަބުރުފުޅު ވަކިވަގުތެއް ކަނޑައަޅައިގެން ޒިޔާރަތްކުރާ ތަނެއްކަމުގައި ތިޔަބައިމީހުން ނުހަދާށެވެ. އަދި ތިޔަބައިމީހުން ތިމަންކަލޭގެފާނުގެ މައްޗަށް ޞަލަވާތްކިޔަވާށެވެ. އެހެނީ ހަމަކަށަވަރުން ތިޔަބައިމީހުން ކިޔަވާޞަލަވާތް ތިމަންކަލޭގެފާނުގެ އަރިހަށް ފޯރާނެއެވެ. އެއީ ތިޔަބައިމީހުން ކޮންމެތަނެއްގައި ވީނަމަވެސްމެއެވެ.”

— رواه أبو داود وأحمد وصحّحه الألباني.


🌿އަދިވެސް އެކަލޭގެފާނު حديث ފުޅުކުރެއްވިއެވެ.

“ބަޚީލުމީހާއަކީ އެމީހާގެ ގާތުގައި ތިމަންކަލޭގެފާނުގެ ނަންފުޅުގަނެވޭ ހިނދު ތިމަންކަލޭގެފާނުގެ މައްޗަށް ޞަލަވާތް ނުކިޔަވާމީހާއެވެ.”

رواه الترمذي وصحّحه الألباني.


🌿އަދިވެސް އެކަލޭގެފާނު حديث ފުޅުކުރެއްވިއެވެ.

“އެމީހެއްގެ ސަލާމަށް ޖަވާބުދެއްވުމަށްޓަކައި الله تعالى ތިމަންކަލޭގެފާނުގެ ފުރާނަފުޅު ތިމަންކަލޭގެފާނަށް ރައްދުނުކުރައްވާ ގޮތަކަށް ހަމައެކަކުވެސް ތިމަންކަލޭގެފާނަށް ސަލާމެއްނުކުރެއެވެ.”

رواه أبوداود وحسّنه الألباني.


🌿އަދިވެސް އެކަލޭގެފާނު حديث ފުޅުކުރެއްވިއެވެ.

“ބިންމަތީގައި ދަތުރުފަތުރުކޮށް އުޅުއްވާ ﷲގެ މަލާއިކަތްބޭކަލުންތަކެއްވެއެވެ. ތިމަންކަލޭގެފާނުގެ އުއްމަތުގެ މީސްތަކުން ތިމަންކަލޭގެފާނަށް ކުރާސަލާމް އެބޭކަލުން ތިމަންކަލޭގެފާނަށް ފޯރުކޮށްދެއްވައެވެ.”

رواه النسائي والحاكم وصحّحه الألباني



🍀ޞަލަވާތް ކިޔަވާނޭ ބައެއް ގޮތް🍀


“اللَّهُمَّ صَلِّ عَلَى مُحَمَّدٍ، وَعَلَى آلِ مُحَمَّدٍ، كَمَا صَلَّيْتَ عَلَى إِبْرَاهِيمَ وَعَلَى آلِ إِبْرَاهِيمَ، إِنَّكَ حَمِيدٌ مَجِيدٌ. اللَّهُمَّ بَارِكْ عَلَى مُحَمَّدٍ، وَعَلَى آلِ مُحَمَّدٍ، كَمَا بَارَكْتَ عَلَى إِبْرَاهِيمَ، وَعَلَى آلِ إِبْرَاهِيمَ، إِنَّكَ حَمِيدٌ مَجِيدٌ”

މާނައީ: “އޭ ހައްދަވާބޮޑުކުރެއްވި ރަސްކަލާކޮ! އިބްރާހީމްގެފާނާއި އިބްރާހީމްގެފާނުގެ އާލުންގެ މައްޗަށް އިބަﷲ ޞަލަވާތް ލެއްވި ފަދައިން މުޙައްމަދުގެފާނާއި މުޙައްމަދުގެފާނުގެ އާލުންގެ މައްޗަށްވެސް ޞަލަވާތް ލައްވާނދޭވެ! ހަމަކަށަވަރުން އިބަﷲއީ ހުރިހާ ޙަމްދުތަޢުރީފަކާއި، ހުރިހާ މާތްކަމެއް ލިބިވޮޑިގެންވާ ރަސްކަލާނގެއެވެ. އޭ ހައްދަވާބޮޑުކުރެއްވި ރަސްކަލާކޮ! އިބްރާހީމްގެފާނާއި، އިބްރާހީމްގެފާނުގެ އާލުންގެ މައްޗަށް ބަރަކާތްލެއްވިފަދައިން މުޙައްމަދުގެފާނާއި، މުޙާއްމަދުގެފާނުގެ އާލުންގެ މައްޗަށްވެސް ބަރަކާތްލައްވާނދޭވެ! ހަމަކަށަވަރުން އިބަﷲއީ ހުރިހާ ޙަމްދަކާއި، ހުރިހާ މާތްކަމެއް ލިބިވޮޑިގެންވާ ރަސްކަލާނގެއެވެ.” – رواه البخاري


“اَللَّهُمَّ صَلِّ وَسَلِّمْ عَلَىٰ نَبِيِّناَ مُحَمَّدٍ”

“އޭ ހައްދަވާބޮޑުކުރެއްވި ރަސްކަލާކޮ! އަޅަމެންގެ ނަބިއްޔާ މުޙައްމަދުގެފާނުގެ މައްޗަށް ޞަލަވާތާއި ސަލާމްލައްވާނދޭވެ!”

(أخرجه الطّبراني بإسنادين أحدهما جيّد وانظر صحيح الترغيب والترهيب.)


والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.


https://shafiu.mv/?p=1830

@DhivehiQuran (Telegram)
@DhivehiHadees (Telegram)
❤2👍1
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين. أما بعد:


🌺 ޢިލްމު އުނގެނުމުގެ މާތްކަން 🌺


🍀 ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

«مَنْ سَلَكَ طَرِيقًا يَلْتَمِسُ فِيهِ عِلْمًا، سَهَّلَ اللهُ لَهُ بِهِ طَرِيقًا إِلَى الْجَنَّةِ» [رواه مسلم]

މާނައީ: “ޢިލްމެއް (އެބަހީ: ޝަރުޢީ ޢިލްމު) ޙާޞިލުކުރުމުގެ ގޮތުން މަގަކުން ހިނގައިފިމީހާ ދަންނައެވެ. އޭގެ ސަބަބުން އޭނާއަށް ސުވަރުގެ ދިޔުމުގެ މަގެއް ﷲ ތަނަވަސްކޮށްދެއްވާނެއެވެ.”


🍀 ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

«مَنْ يُرِدِ اللهُ بِهِ خَيْرًا يُفَقِّهْهُ فِي الدِّينِ» [متفق عليه]

މާނައީ: “ﷲ، މީހަކަށް ހެޔޮގޮތެއް އިރާދަކުރައްވާނަމަ، އެމީހަކަށް ދީނުގެ ހެޔޮވިސްނުން ދެއްވައެވެ.”


🍀 ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

«إِذَا مَاتَ الْإِنْسَانُ انْقَطَعَ عَنْهُ عَمَلُهُ إِلَّا مِنْ ثَلَاثَةٍ: إِلَّا مِنْ صَدَقَةٍ جَارِيَةٍ، أَوْ عِلْمٍ يُنْتَفَعُ بِهِ، أَوْ وَلَدٍ صَالِحٍ يَدْعُو لَهُ» [رواه مسلم]

މާނައީ: “އިންސާނާ މަރުވުމުން އޭނާގެ ހުރިހާ ޢަމަލެއް ކެނޑިގެން ދެއެވެ. ތިންކަމެއް ފިޔަވައެވެ. އެއީ ދެމިގެންދާ ޞަދަޤާތެއް ނުވަތަ ފައިދާކުރަނިވި ޢިލްމެއް ނުވަތަ އޭނާއަށްޓަކައި ދުޢާކުރާނޭ ޞާލިޙު ދަރިއެއް ފިޔަވައެވެ.”

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

https://dhisalafiyyah.net/article/32452

@DhivehiQuran (Telegram)
@DhivehiHadees (Telegram)
❤3
🍀 ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވާ ހަދީޘެއްގެ މާނަގަވެއެވެ.

” ﷲގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑުވެގެންވާ ޢަމަލަކީ، އޭގެ މިންވަރު ކިތަންމެ ކުޑަ ނަމަވެސް މެދުނުކެނޑި ކުރެވޭ ޢަމަލެވެ.”

[متفق عليه]


މި ބަސްފުޅުން އެނގެނީ ކުރާ ހެޔޮ ޢަމަލުތަކުގެ މަތީގައި ސާބިތުވެ ދެމިހުރުމުގެ މުހިއްމުކަމެވެ.
ކުޅަދާނަވީ މިންވަރަކަށް ހެޔޮ ޢަމަލު ކުރެވޭތޯ ބަލާށެވެ!

ilm.mv

@DhivehiQuran (Telegram)
@DhivehiHadees (Telegram)
❤3👍1
#Namaadh
#Fajr (Fathis Namaadh)
#Dhuniye (worldly life)
❤1
🌺ރަސޫލާ ﷺ ޙަދީޘް ކުރެއްވިއެވެ. ركعتا الفجرِ خيرٌ من الدنيا وما فيها

މާނައީ: “ފަތިސް ނަމާދުގެ ކުރީ 2 ރަކުޢަތަކީ ދުނިޔެއާއި ދުނިޔޭގައި ވާހައި ތަކެއްޗަށްވުރެން ހެޔޮކަން ބޮޑުވެގެންވާ 2 ރަކުޢަތެކެވެ”
( صحيح مسلم ، 725).

🍀މުޅި ދުނިޔެއާއި ދުނިޔޭގައި ވާހައި ތަކެއްޗަކަށްވުރެ ހެޔޮކަން ބޮޑުވެގެންވާ ކަމެކެވެ. މިއީ މަދު ހިނދުކޮޅެއްގެ ތެރޭގައި ހޯދޭނެ އަޖުރާއި ދަރުމައިގެ ވާހަކައެވެ.🍀


🌺ރަސޫލާ ﷺ ޙަދީޘް ކުރައްވަނިކޮށް އަޑުއެއްސެވީމެވެ. ما من عبدٍ مسلمٍ يصلِّي لله كل يومٍ ثِنتي عشرةَ ركعةً تطوعًا ، غير فريضةٍ، إلا بني اللهُ له بيتًا في الجنةِ ،

މާނައީ: “ފަރުޟު ނަމާދު ނޫންގޮތުގައި، މުސްލިމް އަޅަކު ކޮންމެ ރެއަކާއި ދުވާލު ސުންނަތް ނަމާދުގެ 12 ރަކުޢަތް ކުރާމީހާއަށް، ޤިޔާމަތް ދުވަހުގައި ﷲ ސުވަރުގޭގައި ގަނޑުވަރެއް ބިނާކޮށްދެއްވާނެއެވެ”
(صحيح مسلم 728 )

🍀 މި 12 ރަކުޢަތުގެ ތެރޭގައިވާ އެންމެ ހެޔޮކަން ބޮޑުވެގެންވާ 2 ރަކުޢަތަކީ ފަތިސް ނަމާދުގެ ކުރީ ސުންނަތުގެ 2 ރަކުޢަތެވެ.🍀


https://abuanasmv.com/?p=630

@DhivehiQuran (Telegram)
@DhivehiHadees (Telegram)
❤1👍1
1️⃣ ފަތިސްނަމާދުކުރާކަމަށް މަލާއިކަތުން ހެކިވުން

https://dhisalafiyyah.net/article/1311


2️⃣ ފަތިސްނަމާދަށް ހޭލުމަށްޓަކައި ކުރެވިދާނެ ބައެއް ކަންތައްތައް

https://dhisalafiyyah.net/article/33166


3️⃣ ފަތިސް ނަމާދާއި މަޣްރިބު ނަމާދުގެ ރަވާތިބު ސުންނަތުގައި ކާފިރޫން ސޫރަތާއި އިޚްލާޞް ސޫރަތް ކިޔެވުން

https://shafiu.mv/?p=755


4️⃣ ފަތިސް ނަމާދުކޮށްގެން އޭގެ ފަހުން ނިދުމަކީ ކޮންކަހަލަ ކަމެއްތޯއެވެ؟

ޖަވާބު:
https://dhisalafiyyah.net/article/18898

5️⃣ ފަތިސް ނަމާދުކޮށްގެން އޭގެ ފަހުން ނިދުމަކީ ކޮންކަހަލަ ކަމެއްތޯއެވެ؟

ޖަވާބު:
https://dhisalafiyyah.net/article/18898

6️⃣ ފަތިސް ނަމާދު ފަހުން ސުންނަތް ކުރުމަކީ ކޮންކަހަލަ ކަމެއްތޯއެވެ؟

ޖަވާބު:
https://abuanasmv.com/?p=839


7️⃣ ފަތިސް ނަމާދަށް ހޭލެވުނު އިރު، އިރު އަރަން ކައިރި ވެއްޖެ ނަމަ ދެން ނަމާދު ކުރާނީ އިރު އެރީމަތަ ނޫނީ ހަމަ ވީހާ އަވަހަކަށް ކުރާނީތަ؟

ޖަވާބު:

https://dhisalafiyyah.net/article/14657
❤1🤩1
اللَّهُمَّ صَلِّ عَلَى مُحَمَّدٍ، وَعَلَى آلِ مُحَمَّدٍ، كَمَا صَلَّيْتَ عَلَى إِبْرَاهِيمَ وَعَلَى آلِ إِبْرَاهِيمَ، إِنَّكَ حَمِيدٌ مَجِيدٌ، اللَّهُمَّ بَارِكْ عَلَى مُحَمَّدٍ، وَعَلَى آلِ مُحَمَّدٍ، كَمَا بَارَكْتَ عَلَى إِبْرَاهِيمَ، وَعَلَى آلِ إِبْرَاهِيمَ، إِنَّكَ حَمِيدٌ مَجِيدٌ


ޔާ الله! އިބްރާހީމްގެ ފާނާއި އެކަލޭގެފާނުގެ އާލުންގެ މައްޗަށް ސަލަވާތް ލެއްވި ފަދައިން މުޙައްމަދުގެ ފާނާއި އެކަލޭގެފާނުގެ އާލުންގެ މައްޗަށް ސަލަވާތް ލައްވާނދޭވެ. އިބަ الله އީ ‏ ޙަމްދު ލިބިވޮޑިގެންވާ މާތް ދީލަތި ރަސްކަލާންގެއެވެ

ޔާ الله! އިބްރާހީމްގެ ފާނާއި އެކަލޭގެފާނުގެ އާލުންގެ މައްޗަށް ސަލަވާތް ލެއްވި ފަދައިން މުޙައްމަދުގެ ފާނާއި އެކަލޭގެފާނުގެ އާލުންގެ މައްޗަށް ސަލަވާތް ލައްވާނދޭވެ. އިބަ الله އީ ‏ ޙަމްދު ލިބިވޮޑިގެންވާ މާތް ދީލަތި ރަސްކަލާންގެއެވެ


https://dhisalafiyyah.net/article/13736

ޞަލަވާތް ކިޔެވުމުގެ މާތްކަން ⬆️

@DhivehiQuran (Telegram)
@DhivehiHadees (Telegram)
❤3
🌺 ނަބިއްޔާ ﷺ ޙަދީޘް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ.

"ހެޔޮކަމަކަށް މަގު ދައްކައިފި މީހަކަށް، އެކަން ކުރާ މީހާއާއި އެއްވަރަށް އަޖުރު ހުއްޓެވެ."

رواه مسلم

@DhivehiQuran (Telegram)
@DhivehiHadees (Telegram)
👍2❤1
#Sadaqa
#heyo_meeha

🌺رَسُولَ اللَّهِ (ﷺ) حديث ކުރެއްވިއެވެ.🌺

@DhivehiQuran (Telegram)
@DhivehiHadees (Telegram)
❤2
#ilm
#Quran
#Suvaruge

🌺رَسُولَ اللَّهِ (ﷺ) حديث ކުރެއްވިއެވެ.🌺

@DhivehiQuran (Telegram)
@DhivehiHadees (Telegram)
❤2
#Roadha
#Shaban

🌺رَسُولَ اللَّهِ (ﷺ) حديث ކުރެއްވިއެވެ.🌺

@DhivehiQuran (Telegram)
@DhivehiHadees (Telegram)
#ziney
#Fashuvi
#Music
#Faafa

ފަށުވި ބޭނުން ކުރުން ހުއްދަ ނޫނީ ފިރިހެނުންނަށެވެ. އަންހެނުންނަށް ހުއްދައެވެ.
ރަސޫލާ ﷺ ޙަދީޘްކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ.

” ތިމަންކަލޭގެފާނުގެ އުންމަތުގެ މީހުންގެ ތެރެއިން ޒިނޭއާއި، ފަށުވި (ފޭރާމާއި)، ރަލާއި، މިއުޒިކު ކުޅޭ ސާމާނު ޙަލާލުކުރާނެ ބަޔަކު އަންނާނެއެވެ…”

رواه البخاري برقم 5590، ووصله الطبراني والبيهقي، وراجع السلسلة الصحيحة للألباني 91

@DhivehiQuran (Telegram)
@DhivehiHadees (Telegram)
#Aniyaverikan (Oppression)
#Qiyamah (day of judgement)