އަލް ބުޙާރީގެ އަރިހުން ރިވާވެގެންވެއެވެ: އަބޫ މާލިކް އަލް އަޝްއަރީ (رضي الله عنه) ވިދާޅުވިއެވެ: ކީރިތި ރަސޫލާ محمدﷺ ޙަދީޘްފުޅު : “ ތިމަންކަލޭގެ ފާނުގެ އުއްމަތުގެ މީސްތަކުންގެ ތެރޭގައި ޒިނޭކުރުން، ފަށުވި ފޭރާންލުން (ފިރިހެނުން)، ރާބުއިން އަދި މިއުޒިކު ކުޅޭ އާލާތްތައް ބޭނުންކުރުން ހުއްދަކުރާ ބަޔަކުވާނެ. “
ރަސޫލާ ﷺ ޙަދީޡް ކުރައްވަނީ:
މާނައީ: “ ހަމަކަށަވަރުން ތިމަންކަލޭގެފާނުގެ އުންމަތުގެ މީހުންގެ ތެރެއިން ބަޔަކު ބަނގުރާ ބޯނެއެވެ. އެބައިމީހުން އޭގެ ނަން ނޫން އެހެން ނަމެއް އެއަށް ކިޔާނެއެވެ. އެބައިމީހުން ތިބޭ ތަންތަނުގައި މިއުޒިކް ސާމާނުތަކުން މިޔުޒިކު ކުޅެ، ލަވަކިޔާ އަންހެނުން ލަވަކިޔާނެއެވެ. ﷲ އެބައި މީހުން ބިމުގެ ޢަޑިއަށް ގަންބަވާނެތެވެ. އަދި އެބައި މީހުންގެތެރެއިން ރާމާމަކުނުތަކާއި އޫރުތައް ލައްވާނެއެވެ.“
(صححه الألباني في غاية المرام)
⚠️އިސްވެދިޔަ ޙަދީޘުން މިއުޒިކު ކުޅޭ އާލާތްތަކަކީ ހަރާމް އެއްޗެއްކަން ސާބިތުވެގެން ދެއެވެ. އަދި މިޙަދީޘުގެ އަލީގައި ގިނަ އިލްމުވެރިން މިއާލާތްތައް ބޭނުންކޮށްގެން ކުޅޭ ލަވަތަކާއި އެހެނިހެން މިއުޒިކުތަކަކީވެސް ހަރާމް އެއްޗެއްގޮތުގައި އިއްތިފާގުވެފައިއެވެ.⚠️
🌸 ލޮބުވެތި އަޙުންނާއި އުޙްތުންނެވެ. މިއުޒިކަކީ އަޅުގަނޑުމެންގެ އާޙިރަތައްޓަކައިވަމުން މިދާ ތައްޔާރީގައި އެއްވެސް މަންފާއެއް ލާބައެއް ކުރާނެ އެއްޗެއް ނޫނެވެ. ވީމާ މިއުޒިކާ އެއާ ގުޅިފައިވާ އެންމެހާ މުންކަރާތްތަކުން ދުރުވުމަށް ތިޔަ އެންމެ ލޮބުވެތި އަޙުންނާއި އުޙްތުންނަށް ވަސިއްޔަތް ކުރަމެވެ.🌸
މިއުއްމަތުގެ މާތް ނަބިއްޔާ محمدﷺ ޙާދީޡް ކުރައްވާފައިވަނީ؛
“ އިންސާނާ އެކަމަކާ ދޭތެރޭ ފަރުވާކުޑަކޮއްލާ 2 ނިޢުމަތެއްވޭ. އެއީ ދުޅަހެއޮ ސިއްޙަތު އަދި ހެޔޮކަންތައްކުރުމަށް ލިބޭ ހުސްވަގުތު “ { ސަހީހް ބުޙާރީ 81:1 }
@DhivehiHadees
@DhivehiQuran

ކުޑަ ދަރިފުޅަށް ރުޤްޔާ ކުރުމަށް އޮންނަ އެންމެ ޞައްޙަ ގޮތަކީ ކޮބާ؟
https://dhisalafiyyah.net/article/23735
Link ⬆️
ސުންނަތުން ރުޤްޔާ
https://dhisalafiyyah.net/article/20817
Link ⬆️
@DhivehiQuran
@DhivehiHadees
https://dhisalafiyyah.net/article/23735
Link ⬆️
ސުންނަތުން ރުޤްޔާ
https://dhisalafiyyah.net/article/20817
Link ⬆️
@DhivehiQuran
@DhivehiHadees
الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.
🔹ނަމީމާއަކީ ޢަރަބި ލަފްޒެކެވެ. އެ ލަފްޒުގެ މުރާދަކީ މީސްތަކުންގެ މެދުގައި ފަސާދައާ ނުބައިކަން ފެތުރުމަށްޓަކައި އެއް ބައެއްގެ ގާތުން އަނެއް ބައެއްގެ ގާތަށް ވާހަކަ އުފުލުމެވެ. ދިވެހި ބަހުގައި “ދޭތެރެ ޖެއްސުން” ނުވަތަ “ދެބައޮޑުވުން” ކިޔާ އުޅެއެވެ.
🔹ނަމީމާގެ ޙުކުމް: ނަމީމާ ނުވަތަ ދެބައޮޑުވުމަކީ ޙަރާމްކަމެކެވެ. އެކަމުގެ މައްޗަށް ޢިލްމުވެރިންވަނީ އިޖުމާޢުވެވަޑައިގެންފައެވެ. އަދި އެއީ ބޮޑު ފާފައެކެވެ.
🔹ނަމީމާގެ ޙަޤީޤަތަކީ: ސިއްރު ފަޅާ އަރުވާލުމާއި މީސްތަކުން ނުރުހޭ ކަންކަން ފާޅުކުރުމެވެ. މީސްތަކުން ކުރާ ކަންކަމުގެ ވާހަކަދެއްކުމާ ދުރުހެލިވުން މުސްލިމެއްގެ މައްޗަށް ހުށްޓެވެ. އެވާހަކައެއް ދައްކައިގެން ފައިދާ ކުރަނިވި ވާހަކަތަކުން މެނުވީއެވެ.
🔹 އަލްޚަލީލު ބުން އަޙްމަދު رحمه الله ވިދާޅުވިއެވެ.
“މީހުންގެ ވާހަކަ ހިފައިގެން ތިބާގެ ގާތަށް އަންނަ މީހަކު ތިބާގެ ވާހަކަ ހިފައިގެން އެހެން މީހުންގެ ގާތަށްވެސް ދާނެއެވެ.”
🌸ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
«لَا يَدْخُلُ الْجَنَّةَ نَمَّامٌ» [رواه مسلم في صحيحه برقم: 168 – (105)]
މާނައީ: “ދެބައޮޑުވާ މީހަކު ސުވަރުގެއަށް ނުވަންނާނެއެވެ.”
🌸 އެއްދުވަހަކު ނަބިއްޔާ صلى الله عليه وسلم، ދެ ގަބުރެއްގެ ކައިރިން ހުރަސްކުރެއްވިއެވެ. ފަހެ ޙަދީޘްކުރެއްވިއެވެ.
«إِنَّهُمَا لَيُعَذَّبَانِ، وَمَا يُعَذَّبَانِ فِي كَبِيرٍ، أَمَّا أَحَدُهُمَا فَكَانَ لاَ يَسْتَتِرُ مِنَ البَوْلِ، وَأَمَّا الآخَرُ فَكَانَ يَمْشِي بِالنَّمِيمَةِ» [رواه البخاري في صحيحه برقم: (218)]
“ހަމަކަށަވަރުން އެދެމީހުންނަށް ޢަޛާބު އެބަ ދެވެއެވެ. އެ ދެމީހުންނަށް ޢަޛާބު އެދެވެނީ (އެކަމުން ރައްކާތެރިވުން) މާ ބޮޑުކަމެއްގައެއް ނޫނެވެ. އޭގެ ތެރެއިން އެކަކު ކުޑަކަމުދާ ތަކެތިން ރައްކާތެރި ނުވެއެވެ. (އެބަހީ: އެކަމުގައި ފަރުވާކުޑަކޮށް އުޅުނެވެ.) އަދި އަނެކަކު ދެބައޮޑުވުމުގައި ހިނގައި އުޅުނެވެ.”
ތިރީގައިވާ ލިންކަށް ފިތާލާ ⬇️
https://dhisalafiyyah.net/article/37437
@DhivehiQuran (Telegram)
@DhivehiHadees (Telegram)

🌸 ކެއުމުގެ ކުރިން 🌸
1- ދެއަތްތިލަ ރަނގަޅަށް ދޮވުން
2- ކާއެއްޗަކީ ޙަލާލު އެއްޗެއްތޯ ޔަޤީންކުރުން
3- ބިސްމި ކިޔުން.
ކެއުމުގެ ކުރީގައި ﷲ ގެ އިސްމުފުޅު ކިއުމަށް ހަނދާން ނެތިއްޖެ ނަމަ (އެބަހީ ކާން ފަށާފަހުން ހަނދާންވެއްޖެ ނަމަ) بِسْمِ اللهِ أوَّلَهُ وَآخِرَهُމިފަދައިން ކިޔާށެވެ.
🌸 ކެއުމުގެ ތެރެއިން 🌸
1- ކަނާއަތުން ކެއުން
2- ތަށީގެ ގަޔާވީ ފަޅިން ކެއުން
3- ތިން އިނގިލީން ކެއުން
4- ކާތަކެތި ރަނގަޅަށް ހެފުން
5- ވެއްޓޭ ކާއެތިކޮޅު (ސާފުކޮށްލުމައް ފަހު) ކެއުން
🌸 ކައި ނިންމުމަށްފަހު 🌸
1- ރަނގަޅަށް އަތް ދޮވުން
2- ދުޢާކިޔުން
މުޢާޛު ބުނު އަނަސްގެ ކިބައިން ރިވާވެގެންވެއެވެ. ކާނާ ކެއުމަށްފަހު މިފަދައިން ކިޔައިފި މީހާ
الحَمْدُ لله الَّذِي أَطْعَمَنِي هَذَا وَرَزَقَنِيْهِ مِنْ غَيْرِ حَولٍ مِنِّي وَلَا قُوَّةٍ
“ހުރިހާ ޙަމްދު ތަޢުރީފެއް ޙައްޤުވެގެންވަނީ ﷲ އަށެވެ. އެކަލާނގެއީ މިކެއުން މިއަޅާއަށް ކާންދެއްވި ރަސްކަލާނގެއެވެ. އަދި މިއަޅާގެ އެއްވެސް މަސައްކަތަކާއި ބާރަކާ ނުލައި މިކެއުން މިއަޅާއަށް ދެއްވި ރަސްކަލާނގެއެވެ.”
ގެ އިސްވެދިޔަ ފާފަތައް ފުހެވިއްޖެއެވެ.
3- އަނގަ ދޮވުން (މުސްތަޙައްބު)
4-ކާންދިން މީހާއަށް ހެޔޮދުޢާ ކޮށްދިނުން
اَللَّهُمَّ باَرِكْ لَهُمْ فِيْماَ رَزَقْتَهُمْ, وَاغْفِرْ لَهُمْ وَارْحَمْهُمْ- رواه مسلم : “އޭ ހައްދަވާބޮޑުކުރެއްވި ރަސްކަލާކޮ! އެބައިމީހުންނަށް އިބަﷲ ދެއްވި ރިޒުޤުގައި އެބައިމީހުންނަށް ބަރަކާތް ލައްވާނދޭވެ! އަދި އެބައިމީހުންނަށް ފާފަފުއްސަވާ ރަޙްމަތްލައްވާނދޭވެ!” اَللَّهُمَّ أَطْعِمْ مَنْ أَطْعَمَنِيْ وَاسْقِ مَنْ سَقاَنِيْ- رواه مسلم – “އޭ ހައްދަވާބޮޑުކުރެއްވި ރަސްކަލާކޮ! މިއަޅާއަށް ކާންދިން މީހާއަށް ކާންދެއްވާނދޭވެ! އަދި މިއަޅާއަށް ބޯންދިން މީހާއަށް ބޯންދެއްވާނދޭވެ!”
ތިރީގައިވާ ލިންކަށް ފިތާލާ ⬇️
(ސުންނަތާ އެއްގޮތަށް ކެއުމާއި ބުއިން)
📎 https://shafiu.mv/?p=737

❤1
الحمد لله والصلاة والسلام على حبيبنا محمد صلى الله عليه وسلم. أما بعد:
🌺ހުކުރު ދުވަހު ކަހްފު ސޫރަތް ކިޔެވުމުގެ މާތްކަން🌺
ހުކުރު ދުވަހު ނުވަތަ ހުކުރު ވިލޭރޭ ކަހްފު ސޫރަތް ކިޔެވުމުގެ މާތްކަމާ ބެހޭގޮތުން ޞައްޙަ ޙަދީޘްތަކެއް ނަބިއްޔާ محمد صلى الله عليه وسلم ގެ އަރިހުން ވާރިދުވެ އައިސްފައިވެއެވެ. އޭގެތެރޭގައި:
🌸1. އަބޫ ސަޢީދު އަލްޚުދުރީގެ އަރިހުން ރިވާވެގެންވެއެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
»مَنْ قَرَأَ سُورَةَ الْكَهْفِ لَيْلَةَ الْجُمُعَةِ، أَضَاءَ لَهُ مِنَ النُّورِ فِيمَا بَيْنَهُ وَبَيْنَ الْبَيْتِ الْعَتِيقِ« [رواه الدارمي (3450)، وصححه الشيخ الألباني في “صحيح الجامع” (6471)]
މާނައީ: “ހުކުރު ދުވަހު ކަހްފު ސޫރަތް ކިޔަވައިފި މީހަކަށް، އެމީހަކާއި ކަޢުބަތުﷲ ގެފުޅާ ދެމެދު އަލިކޮށްދެނިވި ނޫރެއް ލެއްވޭނެއެވެ.”
🌸2.އަދިވެސް ޙަދީޘެއްގައިވެއެވެ.
مَنْ قَرَأَ سُورَةَ الْكَهْفِ فِي يَوْمِ الْجُمُعَةِ أَضَاءَ لَهُ مِنَ النُّورِ مَا بَيْنَ الْجُمُعَتَيْنِ «[رواه الحاكم (2 / 399) والبيهقي (3 / 353)، وصححه الشيخ الألباني في “صحيح الجامع” (6470)]
މާނައީ: “ހުކުރު ދުވަހު ކަހްފު ސޫރަތް ކިޔަވައިފި މީހާއަށް ދެން ޖެހިގެން އަންނަ ހުކުރާއި ހަމައަށް އަލިކޮށްދެނިވި ނޫރެއް ލެއްވޭނެއެވެ.”
މި ޙަދީޘާއި ބެހޭގޮތުން “تخريج الأذكار” ގައި އިބްނު ޙަޖަރު رحمه الله ވިދާޅުވެފައިވެއެވެ. “މިއީ ޙަސަން ޙަދީޘެކެވެ.” އަދިވެސް ވިދާޅުވެފައިވެއެވެ. “އަދި މި ޙަދީޘަކީ ހުކުރު ދުވަހު ކަހްފު ސޫރަތް ކިޔެވުމާއި ބެހޭގޮތުން ވާރިދުވެފައިވާ އެންމެ ބާރުގަދަ ޙަދީޘެވެ.”
[فيض القدير (6 / 198)]
☘️ހުކުރު ދުވަހު ކަހްފު ސޫރަތް ކިޔަންވީ ކޮން ވަޤުތަކު؟
ހުކުރު ދުވަހު ނުވަތަ ހުކުރު ވިލޭރޭ ކަހްފު ސޫރަތް ކިޔެވިދާނެއެވެ. ބުރާސްފަތި ދުވަހުގެ އިރު އޮއްސުމާއެކު ހުކުރު ވިލޭރޭ ފެށުނީއެވެ. އަދި ހުކުރު ދުވަހުގެ އިރު އޮއްސުމާއެކު ހުކުރު ދުވަސް ނިމުނީއެވެ. ވުމާއެކު ހުކުރު ދުވަހު ކަހްފު ސޫރަތް ކިޔުމުގެ ވަޤުތަކީ ބުރާސްފަތި ދުވަހުގެ އިރުއޮއްސުމުން ފެށިގެން ހުކުރު ދުވަހުގެ އިރު އޮއްސުމާއި ހަމައަށެވެ.

#Namaadh
#Suvaruge
ރަވާތިބު ސުންނަތްތައް ކުރާނީ ދެ ރަކުޢަތުން ދެ ރަކުއަތުން ސަލާމް ދެމުންތޯ؟
ތިރީގައިވާ ލިންކަށް ފިތާލައްވާ!
https://abuanasmv.com/?p=941
#Suvaruge
ރަވާތިބު ސުންނަތްތައް ކުރާނީ ދެ ރަކުޢަތުން ދެ ރަކުއަތުން ސަލާމް ދެމުންތޯ؟
ތިރީގައިވާ ލިންކަށް ފިތާލައްވާ!
https://abuanasmv.com/?p=941
الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.
ނަބިއްޔާ صلى الله عليه وسلم ވަނީ ފަރުޟު ނަމާދުތަކާއި ސުންނަތް ނަމާދުތައްވެސް ކުރާނެ ގޮތް އަޅުގަނޑުމެންނަށް ދަސްކޮށްދެއްވާފައެވެ. އެގޮތުން ވަރަށް ގިނަ ޢަދަދެއްގެ ސުންނަތް ނަމާދުތަކެއް އެކަލޭގެފާނުގެ ސުންނަތުން ޘާބިތުވެފައިވެއެވެ. އެކަލޭގެފާނު އެންމެ ބޮޑަށް ބާރު އަޅުއްވާފައިވާ ސުންނަތް ނަމާދުތަކުގެ ތެރޭގައި ރަވާތިބު ސުންނަތްތައް ހިމެނެއެވެ. ފަރުޟު ނަމާދުތަކުގެ ކުރިންނާއި ފަހުން ކުރެވޭ ކޮންމެ ނަމާދަކީ ރަވާތިބު ސުންނަތެއް ނޫނެވެ.
رَوَاتِب އަކީ رَاتِبَة ގެ ގިނަ ގޮތެވެ. މާނައަކީ: ދާއިމީ ގޮތެއްގައި ކަމެއް ކުރުމެވެ.
“ރަވާތިބު ސުންނަތްތަކުގެ ޢަދަދަކީ ބާރައެވެ. އެއީ މެންދުރު ނަމާދުގެ ކުރިންކުރާ ހަތަރު ރަކުޢަތާއި މެންދުރު ނަމާދުގެ ފަހުން ދެރަކުޢަތާއި މަޣްރިބު ނަމާދުގެ ފަހުން ދެރަކުޢަތާއި ޢިޝާ ނަމާދުގެ ފަހުން ދެރަކުޢަތާ އަދި ފަތިސް ނަމާދުގެ ކުރިން ދެރަކުޢަތެވެ.
މިހުރިހާ ނަމާދެއްވެސް ކުރާނީ ދެރަކުޢަތުން ސަލާމްދެމުންނެވެ.
🌺ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
((مَنْ صَلَّى اثْنَتَيْ عَشْرَةَ رَكْعَةً فِي يَوْمٍ وَلَيْلَةٍ، بُنِيَ لَهُ بِهِنَّ بَيْتٌ فِي الْجَنَّةِ)) [أخرجه مسلم]
މާނައީ: “ރެއަކާއި ދުވާލު ސުންނަތް ބާރަ ރަކުޢަތްކޮށްފިމީހާ ދަންނައެވެ. އޭގެ ސަބަބުން ސުވަރުގޭގައި އޭނާއަށް ގެއެއް ބިނާކުރެވެއެވެ.”
https://dhisalafiyyah.net/article/26138

👍1
عَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ قَالَ : قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ : ( مَنْ تَطَهَّرَ فِي بَيْتِهِ ثُمَّ مَشَى إِلَى بَيْتٍ مِنْ بُيُوتِ اللهِ لِيَقْضِيَ فَرِيضَةً مِنْ فَرَائِضِ اللهِ كَانَتْ خَطْوَتَاهُ إِحْدَاهُمَا تَحُطُّ خَطِيئَةً وَالأُخْرَى تَرْفَعُ دَرَجَةً ) [رواه مسلم 666]
🌸 ރަސޫލުﷲ (ﷺ) ޙަދީޘްކުރެއްވިއެވެ.
“އެމީހެއްގެ ގެއިން ވުޟޫކޮށްގެން އެއަށްފަހު ﷲ ފަރުޟުކުރެއްވި ފަރުޟެއް އަދާކުރުމަށްޓަކައި (ނަމާދުކުރުމަށްޓަކައި) ﷲ ގެ ގެކޮޅުތަކުގެ ތެރެއިން ގެކޮޅަކަށް (މިސްކިތަކަށް) ހިނގާފައިދިޔަ މީހާ، އޭނާ އެކަމަށްޓަކައި އެޅި ކޮންމެ ދެފިޔަވަޅަކުން އެއްފިޔަވަޅު އޭނާގެ (ކުޑަ) ފާފައެއް ފުހެލާހުއްޓެވެ. އަދި އަނެއް ފިޔަވަޅު އޭނާގެ ދަރަޖައެއް އުފުއްލާ ހުއްޓެވެ.”
ސަވާރީއެއްގައި މިސްކިތަށް ދާ މީހަކަށް ހިނގާފައި މިސްކިތަށް ދާ މީހަކަށް ލިބޭ ޘަވާބާ އެއްވަރުގެ ޘަވާބު ލިބޭނެތޯއެވެ؟
ތިރީގައިވާ ލިންކަށް ފިތާލައްވާ!
https://jannahmv.com/3926 👈

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين. أما بعد:
މުސްލިމުން ވާންޖެހޭނީ އެމީހުން ކުރާ ކޮންމެ ކަމެއްގައި ވެސް ތެދުވެރި ބަޔަކަށެވެ. ތިމާކުރާ ވިޔަފާރި އާއި، މުޢާމަލާތާއި، ބުނާ ބަސްތަކާއި، ފޯރުކޮށްދޭ މަޢުލޫމާތާއި ޚަބަރާއި އަދި ކުރާ މަސައްކަތުގައި ތެދުވެރިންނަށެވެ. މުސްލިމުންނަށް އެމީހުންގެ އީމާންކަން ލާޒިމުކުރަނީ ތެދުވެރިވުމަށެވެ. ތެދުވެރިކަމަކީ އަޚްލާޤީ ސިފަތަކުގެ ތެރެއިން އެންމެ މަތިވެރި އެއް ސިފައެވެ.
🌿މާތް ނަބިއްޔާ ﷺ ޙަދީޘް ކުރައްވާފައިވެއެވެ.
((عَلَيْكُمْ بِالصِّدْقِ، فَإِنَّ الصِّدْقَ يَهْدِي إِلَى الْبِرِّ، وَإِنَّ الْبِرَّ يَهْدِي إِلَى الْجَنَّةِ، وَمَا يَزَالُ الرَّجُلُ يَصْدُقُ وَيَتَحَرَّى الصِّدْقَ حَتَّى يُكْتَبَ عِنْدَ اللهِ صِدِّيقًا، وَإِيَّاكُمْ وَالْكَذِبَ، فَإِنَّ الْكَذِبَ يَهْدِي إِلَى الْفُجُورِ، وَإِنَّ الْفُجُورَ يَهْدِي إِلَى النَّارِ، وَمَا يَزَالُ الرَّجُلُ يَكْذِبُ وَيَتَحَرَّى الْكَذِبَ حَتَّى يُكْتَبَ عِنْدَ اللهِ كَذَّابًا)) [رواه مسلم]
މާނައީ: “ތިޔަބައިމީހުން ތެދު ބުނާހުށިކަމެވެ. ހަމަކަށަވަރުން ތެދުވެރިކަން މަގުދައްކަނީ ހެޔޮ ކަންތައްތަކަށެވެ. އަދި ހެޔޮ ކަންތައްތައް މަގުދައްކަނީ ސުވަރުގެއަށެވެ. ﷲގެ ޙަޟްރަތުގައި ތެދުވެރިއެއްކަމުގައި ލިޔެވެންދެން ތެދުބުނުމާއި ތެދުވެރިކަންމަތީގައި އަޅާ ދެމިހުރެއެވެ. ދޮގު ނެހެދުމަށް ތިޔަބައިމީހުން ސަމާލުވާށެވެ. ފަހެ ހަމަކަށަވަރުން ދޮގުވެރިކަން މަގުދައްކަނީ ނުބައިކަމަށެވެ. އަދި ނުބައިކަންތައްތައް މަގުދައްކަނީ ނަރަކައަށެވެ. ﷲގެ ޙަޟްރަތުގައި ދޮގުވެރިއެއްކަމުގައި ލިޔެވެންދެން ދޮގުހެދުމާއި ދޮގުވެރިކަންމަތީގައި އަޅާ ދެމިހުރެއެވެ.”
🌿ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
((آيَةُ الْمُنَافِقِ ثَلَاثٌ: إِذَا حَدَّثَ كَذَبَ وَإِذَا وَعَدَ أَخْلَفَ وَإِذَا اؤْتُمِنَ خَانَ)) [متفق عليه]
މާނައީ: “މުނާފިޤުންގެ ތިން ޢަލާމަތެއްވެއެވެ. ވާހަކައެއް ދައްކައިފިނަމަ ދޮގުހަދާނެއެވެ. އަދި ވަޢުދެއްވެއްޖެނަމަ ޚިލާފުވާނެއެވެ. އަދި އަމާނަތެއް ހަވާލުކޮށްފިނަމަ ޚިޔާނާތްތެރިވާނެއެވެ.”
🌿ނަބިއްޔާ صلى الله عليه وسلم ގެ ޙަދީޘެއްގައި ވެއެވެ.
((إِنَّ بَيْنَ يَدَيِ السَّاعَةِ:… شَهَادَة الزُّورِ، وَكِتْمَان شَهَادَة الْحق))[((مسند الإمام أحمد)) (5 / 333)، شرح أحمد شاكر، وقد تقدم تخريجه، وأنه صحيح.]
މާނައީ: “ހަމަކަށަވަރުން ޤިޔާމަތާ ކައިރީގައި… ދޮގުހެކި ދިނުމާއި ތެދުހެކި ފޮރުވުން ވެއެވެ.”
🌿 އެކަލޭގެފާނު ޙަދީޘް ކުރައްވާފައިވެއެވެ.
((وَيْلٌ لِلَّذِي يُحَدِّثُ فَيَكْذِبُ لِيُضْحِكَ بِهِ الْقَوْمَ وَيْلٌ لَهُ وَيْلٌ لَهُ)) [رواه أبو داود وحسنه الألباني]
މާނައީ: “ވާހަކަދައްކާއިރު މީހުން ހެއްވާލުމަށްޓަކައި ދޮގު ހަދާމީހާއަށް ހަލާކު ހުއްޓެވެ. އެމީހަކަށް ހަލާކު ހުއްޓެވެ. އަދި އެމީހަކަށް ހަލާކު ހުއްޓެވެ.”
އެހެންކަމުން ދޮގުހެދުމާމެދު ސަމާލުވުން ހުއްޓެވެ. އެއީ މީހުން ހެއްވާލުމަށްޓަކައި ކަމުގައި ވިޔަސް، މަޖަލަކަށް ވިޔަސް ނުވަތަ އެނޫން ގޮތަކަށް ކަމުގައިވިޔަސްމެއެވެ.
ilm.mv
dhisalafiyyah.net

🌿ނަބިއްޔާ عليه الصلاة والسلام ޙަދީޘްކުރެއްވިއެވެ.
«وَجُعِلَتْ قُرَّةُ عَيْنِي فِي الصَّلَاةِ» [رواه أحمد وصححه الألباني]
މާނައީ: ” ތިމަންކަލޭގެފާނުގެ ލޮލުގެ ފިނިކަން ލެއްވިގެންވަނީ ނަމާދުގައެވެ. “
🌿ﷲ ސުބުޙަނަހޫ ވަތަޢާލާ މުއުމިނުންގެ ސިފަ ބަޔާންކޮށްދެއްވަމުން މުއުމިނޫން ސޫރަތުގެ 9 ވަނަ އާޔަތުގައި ވަޙީކުރައްވާފައިވެއެވެ.
( وَالَّذِينَ هُمْ عَلَىٰ صَلَوَاتِهِمْ يُحَافِظُونَ )
މާނައީ: “އަދި މުއުމިނުންނަކީ އެބައިމީހުންގެ ނަމާދުތަކަށް ރައްކާތެރިވާ މީސްތަކުންނެވެ.”
🌿އަދިވެސް ބަޤަރާ ސޫރަތުގެ 238 ވަނަ އާޔަތުގައި ނަމާދުތަކަށް ރައްކާތެރިވުމަށް ﷲ ސުބުޙާނަހޫ ވަތަޢާލާ އަމުރުކުރައްވާފައިވެއެވެ.
(حَافِظُوا عَلَى الصَّلَوَاتِ)
މާނައީ: “ތިޔަބައިމީހުން ނަމާދުތަކަށް ރައްކާތެރިވާށެވެ.”
🌿މާތް ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެއެވެ.
(إِنَّ أَوَّلَ مَا يُحَاسَبُ بِهِ الْعَبْدُ يَوْمَ الْقِيَامَةِ مِنْ عَمَلِهِ صَلَاتُهُ فَإِنْ صَلُحَتْ فَقَدْ أَفْلَحَ وَأَنْجَحَ وَإِنْ فَسَدَتْ فَقَدْ خَابَ وَخَسِرَ ، فَإِنْ انْتَقَصَ مِنْ فَرِيضَتِهِ شَيْءٌ قَالَ الرَّبُّ عَزَّ وَجَلَّ : انْظُرُوا هَلْ لِعَبْدِي مِنْ تَطَوُّعٍ فَيُكَمَّلَ بِهَا مَا انْتَقَصَ مِنْ الْفَرِيضَةِ ؟ ثُمَّ يَكُونُ سَائِرُ عَمَلِهِ عَلَى ذَلِكَ) (ސުނަނު ތިރްމިޛީ 413، ޞައްޙަކުރެއްވީ ޝެއިޚު ޢަލްބާނީ)
މާނައީ: “ހަމަކަށަވަރުން އަޅާގެ ޢަމަލުތަކުގެ ތެރޭން، ޤިޔާމާތް ދުވަހު އެންމެ ފުރަތަމަ ޙިސާބު ބެއްލެވޭނީ އެމީހެއްގެ ނަމާދާއި މެދުގައެވެ. ފަހެ އެކަން ރަނގަޅުވެއްޖެނަމަ، ނަޖާވެ ކާމިޔާބުވެއްޖެއެވެ. އެކަން ފަސާދަވެއްޖެނަމަ ގެއްލި ހަލާކުވެއްޖެއެވެ. ފަހެ އޭނާގެ ނަމާދުން އުނިވެއްޖެނަމަ ﷲ ޢައްޒަ ވަޖައްލަ ވަޙީކުރައްވާނެއެވެ: “ފަހެ ތިމަން އިލާހުގެ އަޅާ އޭނާ ސުންނަތް ނަމާދު (ކޮށްފައި) ހުރިތޯ ބަލާށެވެ. ފަރުޟު ނަމާދުން އުނިވި ތަންތަން އެނަމާދުތައް ލައިގެން ފޫބެއްދުމަށްޓަކައެވެ.” އެޔަށްފަހު އެހެން ޢަމަލުތައް ވާނީ އެކަމުގެ މައްޗަށެވެ.”
http://dhisalafiyyah.net