Al Qawareer Dhivehi
24 subscribers
13 photos
9 links
l ދިވެހި އުޚްތުންނަށް ފައިދާހުރި ނަޞޭޙަތްތަކެއް
| @al.qawareer ގެ ދިވެހި ތަރުޖަމާ އެކުލަވާލުމަށް

https://www.instagram.com/alqawareer.mv?
Download Telegram
This media is not supported in your browser
VIEW IN TELEGRAM
🔸 “ފިރިހެނުންނަށްވުރެ ބޮޑަށް، މި [ޖާހިލުކަމުގެ] ބިރުވެރި ހުވަފެނުން ހޭލަން ޖެހިފައިވަނީ އަންހެނުންކަން އަހުރެންނަށްވަނީ ފެނިފައެވެ.”

— އިބްނު ޖަޥްޒީ رحمه الله (أحكام النساء ٢٩)
Al Qawareer Dhivehi
🔸 “ފިރިހެނުންނަށްވުރެ ބޮޑަށް، މި [ޖާހިލުކަމުގެ] ބިރުވެރި ހުވަފެނުން ހޭލަން ޖެހިފައިވަނީ އަންހެނުންކަން އަހުރެންނަށްވަނީ ފެނިފައެވެ.” — އިބްނު ޖަޥްޒީ رحمه الله (أحكام النساء ٢٩)
މި އުންމަތުގެ އަންނަން އޮތް ޖީލުގެ ޙާލަތު ބިނާވެފައިވަނީ މި އުންމަތުގެ އަންހެނުންގެ މައްޗަށެވެ. ތިޔަ އަންހެނުންނަކީ އަހަރުމެންގެ މުސްތަޤްބަލުގެ ފިރިހެންވެރިންގެ މައިންނެވެ. އަދި ދީނުގެ އެއްވެސް ޢިލްމެއް ތިބާއަށް ލިބިފައިނުވާނަމަ، ތިބާގެ ތަރުބިއްޔަތަކީ މިދީނަށް އެއްވެސް މަންފާއެއް ކުރާނެ ތަރުބިއްޔަތެއް ނޫނެވެ.

އަންހެނުން ހޭލުންތެރިވެ، ޙަރަކާތްތެރިކަމާއެކު ޢިލްމު ހޯދަން ޖެހެއެވެ. އަދި އެ ޢިލްމަށް ޢަމަލުކުރުމުގައި ގަދައަޅާ މަސައްކަތްކޮށް، ހެޔޮކަންކަމަށް އަމުރުކުރުމާއި ނުބައިކަންކަން ނަހީކުރުމަށްވެސް ނުހަނު މަސައްކަތްކުރަން ޖެހެއެވެ. ﷲ ގަންދީ ބުނަމުއެވެ. މިއަދުގެ އަންހެނުން، އެއުރެންގެ އީމާންކަމުގައިވަނީ ވަރަށް ދަށަށް ވެއްޓިފައެވެ.

ޝައިޚް ޔޫސުފް އަލްޢުޔައިރީ (رحمه ﷲ) ވިދާޅުވިއެވެ.

❞ އެހެނެއްކަމަކު، ތިމަންމެންގެ ޒަމާނުގެ އަންހެނުންނާއިމެދު، ތިމަންމެން ބުނާނީ ކީކޭ ހެއްޔެވެ؟ އަދި ތިމަން އެކަނބަލުން ސިފަކުރާނީ ކޮންކަމަކުން ހެއްޔެވެ؟ އަދި އެކަނބަލުންގެ ކަންބޮޑުވުންތަކަކީ ކޮބައި ހެއްޔެވެ؟ އެއުރެންނީ، އާޚިރަތުގެ ކަންކަމުގައި އެއުރެންގެ ފިރިންނަށް އެހީތެރިކަން ފޯރުކޮށްދޭ ބަޔެއް ހެއްޔެވެ؟

މިއަދު އިސްލާމްދީނާއި ކުފުރާއި ދެމެދު ހިނގަމުންދާ ހަނގުރާމައިގެ އެއްވެސް ކަމެއް އެމީހުންނަށް ވިސްނޭ ހެއްޔެވެ؟ ނުވަތަ ކުފުރުގެ ޤައުމުތަކަކީ ކޮބައިކަންވެސް އެމީހުންނަށް ކުޑަމިނުން އެނގޭ ހެއްޔެވެ؟ ފަލަސްޠީނު ފިޔަވައި އެހެން ހުރިހާ ތަނެއްގައި މުސްލިމުން ތަހައްމަލު ކުރަމުންދާ ކަންކަންވެސް ފަހެ އެމީހުންނަށް އެނގޭ ހެއްޔެވެ؟

އެއުރެންނަކީ ޣާފިލުބައެކެވެ. އެއުރެންނަކަށް ނޭނގެއެވެ. އެއީ ކޮންފަދަ ޣާފިލުކަމެއް ހެއްޔެވެ؟ އެއީ އެންމެފަހުގެ “ޓްރެންޑްސް” ތައް ކޮޕީކޮށް އެއަށް ތަބަޢަވުމާއި، އެންމެފަހުގެ އާދަތަކާއި، ޒީނަތްތެރިކަމާއި، ޝޯތައް ފިޔަވައި އެހެން ހުރިހާ ކަމަކުންވާ ޣާފިލުވުމެކެވެ. [އެނޫން އެއްވެސް ކަމެއް ނޭނގެއެވެ.]

އަދި ކިއެއްތަ! ޤަބޫލުނުކުރެވުނަސް، އެއުރެންގެ ތެރެއިން ބައެއް ކަނބަލުން، ޙަރާމް ކަންތައްތަކުގެ ތެރެއަށް ގެނބިގެންއެދަނީއެވެ. ހަލާކުވެދިއުމުގެ މައްޗަށް އެއުރެން ބަރޯސާވެއްޖެއެވެ.

ދީނުގެ ދުޝްމަނުން އެކަނބަލުންގެ އަމިއްލަ ބިމުގައި އުންމަތާ ދެކޮޅަށް އެކަނބަލުން ބޭނުންކުރެއެވެ. އުންމަތުގެ ޓަވަރު [ކުރިބޯށި] ބިނާކުރުމުގައި އެކަނބަލުންގެ އެހީތެރިކަން ލިބޭނެކަމަށް އަހަރުމެން އުންމީދުކުރުމަށްފަހު، އޭގެ ބަދަލުގައި އަހަރުމެންނަށް މިފެންނަނީ އިސްލާމްދީން ހަލާކުކުރުމުން އެކަނބަލުން ހުއްޓުވުމަށް އަހަރުމެން މަސައްކަތްކުރާ މަންޒަރެވެ.

އަދި ޢަދުއްވުންގެ ސަމާލުކަން، އަންހެނުން "މިނިވަން ކުރުމަށް" ހުއްޓުނީ، އެ އަންހެނުންނަކީ އުންމަތް ބަލަހައްޓާ ބެލެނިވެރި ފަރާތްކަން އެނގުމަށްފަހުގައެވެ.

އެކަމަނާ ފަސާދަވެއްޖެނަމަ އެކަމަނާގެ ފަރާތުން ނިކުންނަ ޖީލާއި ވަށައިގެންވާ މީހުންވެސް ފަސާދަވާނެއެވެ. އެހެންކަމުން، އެކަނބަލުން މަގުއޮޅި، ޣަރަޤުވެ، އެ ހުރިހާ ދޮގު ގޮވުންތަކެއް ޤަބޫލުކުރަމުން ދަނިކޮށް، އެއުރެން (ޢަދުއްވުން) އެކަމަނާ އެންމެ ނުބައިގޮތުގައި ބޭނުންކުރިއެވެ. އަދި ﷲ سبحانه وتعالى ގެ ޙަޟްރަތުން މެނުވީ، އެއްވެސް އާރެއް، އަދި ބާރެއް ނުވެއެވެ. ❝

[ދައުރުއްނިސާ، ޞަފްޙާ 12]

Instagram
🔸ހުރިހާ ނުބައެއްގެ އަސާސު ~ ދެޖިންސު މައްސުނިވުން
Al Qawareer Dhivehi
🔸ހުރިހާ ނުބައެއްގެ އަސާސު ~ ދެޖިންސު މައްސުނިވުން
އިބްނުލް ޤައްޔިމް رحمه الله ވިދާޅުވިއެވެ.

❞ ޝައްކެއްނެތްގޮތުގައި އަންހެނުންނާއި ފިރިހެނުން މައްސުނިވުމުގެ ފުރުސަތު ދިނުމަކީ ހުރިހާ ފަސާދައަކާއި ނުބައި ކަމެއްގެ އަސާސެވެ. [ފެށުމެވެ]. އަދި އެއީ އެންމެންގެ މައްޗަށް ޢަޛާބު ބާއްވައިލެއްވުމުގެ އެންމެ ބޮޑު އެއް ސަބަބެވެ.

އަދި މުޖުތަމަޢުގެ ކަންކަމާއި އަމިއްލަ ކަންކަމުގައި ފަސާދައަށް މަގުފަހިވާ އެއް ސަބަބަކީވެސް އެއީއެވެ.

އަންހެން ފިރިހެން މައްސުނިވުމަކީ ގިނަ އަދަދެއްގެ ފާޙިޝް ޢަމަލުތަކާއި ޒިނޭއަށް މަގުފަހިވާ ކަމެކެވެ. އަދި އެއީ ގިނަ ބަޔަކު މަރުވުމާއި، ފެތުރެމުންދާ ބަލިމަޑުކަމުގެ އެއް ސަބަބުވެސްމެއެވެ.

ގިނަ ބަޔަކު މަރުވާން މެދުވެރިވާ އެންމެ ބޮޑު އެއް ސަބަބަކީ ޒީނޭ ފެތުރުމެވެ. އެއީ އަންހެނުން ފިރިހެނުންނާއި މައްސުނިވެ، އެކަނބަލުންގެ ރީތިކަމާއި ޒީނަތްތެރިކަން ދައްކަމުން ފިރިހެނުންގެ މެދުގައި ހިނގާބިނގާވެ އުޅުމުގެ މަގު ފަހިކޮށްދިނީތީއެވެ.

ދީނީ ކަންކަން އެއްފަރާތްކޮށް، ހަމައެކަނި ދުނިޔަވީ ކަންކަމާއި މީސްތަކުންގެ ކަންކަމުގައިވެސް (ދެޖިންސު މައްސުނި ކުރުމުން) އުފެދިގެންދަނީ ކިހާބޮޑު ފަސާދައެއްކަން، ކަމާ ހަވާލުވެ ތިބޭ ފަރާތްތަކަށް އެނގިއްޖެނަމަ އެކަން ހުއްޓުވުމުގައި މާ ހަރުކަށިވީހެވެ. ❝

[އައްޠުރޫޤުލް ޙުކްމިއްޔަތު، ޞަފްޙާ 407-408]

Instagram
🔸 އަންހެނުންގެ ފަސާދައިގެ ފުރަތަމަ ސަބަބަކީ ފިރިހެނުންގެ ދޫދިނުމެވެ.

— ޝައިޚް ބަކްރް އަބޫ ޒައިދު رحمه الله (ޙިރާސަތުލް ފަޟީލަތު)

ރަސޫލު الله ﷺ ޙަދީޘްފުޅުކުރައްވާފައިވެއެވެ.
❞ ތިޔަބައިމީހުންގެ ތެރެއިން ކޮންމެ މީހަކީ ބެލެހެއްޓުންތެރިޔެކެވެ. އަދި ކޮންމެ މީހަކީވެސް އެމީހެއްގެ ބެލުމުގެ ދަށުގައިވާ ފަރާތްތަކާއިމެދު ސުވާލު ކުރެވޭނެ މީހެކެވެ. ވެރިމީހާ އަކީ ބެލެހެއްޓުންތެރިޔެކެވެ. އޭނާގެ ބެލެހެއްޓުމުގެ ދަށުގައިވާ ފަރާތްތަކާއިމެދު އޭނާއާއި ސުވާލުކުރެވޭނެއެވެ. ފިރިމީހާ އަކީ އޭނާގެ އަހުލުވެރިންގެ ބެލެނިވެރިޔާއެވެ. އެމީހުންގެ ކަންތައްތަކާއި ބެހޭގޮތުން އޭނާ އާ ސުވާލުކުރެވޭނެއެވެ. އަނބިމީހާ އަކީ އޭނާގެ ފިރިމީހާގެ ގެއާއި ފިރިމީހާގެ ދަރިންގެ މަސްއޫލުވެރިޔާ އެވެ. އޭނާގެ މަސްއޫލިއްޔަތާ ބެހޭގޮތުން ސުވާލުވެވޭނެއެވެ. ޚާދިމް މީހާ އަކީ އޭނާގެ ސާހިބު މީހާގެ މުދަލުގެ މަސްއޫލުވެރިޔާއެވެ. އެކަމާއި މެދު އޭނާ އާ ސުވާލުކުރެވޭނެއެވެ. ތިޔަބައިމީހުންކުރެ ކޮންމެ މީހަކީވެސް ބެލެހެއްޓުންތެރިޔެކެވެ. ތިމާގެ ބެލުމުގެ ދަށުގައިވާ މީހުންނާއި މެދު ސުވާލު ކުރެވޭނެއެވެ. ❝

(صحيح البخاري 7138)

Instagram
އަލްބުހޫތީ رحمه الله ވިދާޅުވެފައިވެއެވެ.

❞ ފިރިމީހާއަށް ކިޔަމަންތެރިވުމުގައި މައިންބަފައިންނަށް ކިޔަމަންތެރިވުމާއި ޚިލާފުވާނަމަ ފިރިމީހާއަށް ކިޔަމަންތެރިވުން އިސްކަންދެވިގެންވެއެވެ.
އިމާމު އަޙްމަދު رحمه الله ފިރިއަކާއި ބަލި މަންމައެއް ހުރި އަންހެނަކާއި ބެހޭގޮތުން ވިދާޅުވެފައިވެއެވެ: މަންމައަށްވުރެ ބޮޑަށް، ފިރިމީހާއަށް ކިޔަމަންތެރިވުން އަނބިމީހާގެ މައްޗަށް ވާޖިބުވެގެންވެއެވެ - ފިރިމީހާ (މަންމައަށް ކިޔަމަންތެރިވުމަށް) ހުއްދަ ދީފިކަމުގައިވާނަމަ މެނުވީއެވެ. ❝
[ޝަރްޙް މުންތަހާ އަލް އިރާދާތު 3/47]

އަލްމަރްދާވީ رحمه الله ވިދާޅުވެފައިވެއެވެ.

❞ ފިރިމީހާއާ ވަކިވުމާއި، ޒިޔާރަތްކުރުމާއި، ނުވަތަ އެފަދަ ކަންކަމުގައި، މައިންބަފައިންނަށް ކިޔަމަންވުމެއް އަނބިމީހާއަކަށް ނުވެއެވެ. އަދި ކިއެއްތަ! ފިރިމީހާއަށް ކިޔަމަންތެރިވުން އިސްކަންދެވިގެންވެއެވެ. ❝
[އަލްއިންޞާފް 8/362]

Instagram
❤1
🔸 ކައިވެނީގެ މައްސަލަތައް؟

ފިރިމީހާ އާއި އަނބިމީހާ މިކަން (ދަމު ނަމާދު/ޤިޔާމުއްލައިލް) މެދުކެނޑުމެއްނެތި، އިޚްލާޞްތެރިކަމާއިއެކު الله އަށްޓަކައި ކުރަމުން ގެންދިއުމަށްފަހު ދެން އެ ކައިވެންޏަކީ އެންމެ އުފާވެރި ކައިވެންޏަށްވިޔަ ނުދިނުމަށް، އަހުރެން އެ ދެމަފިރިންނަށް ޗެލެންޖު ކުރަމެވެ. އަހުރެން މިކަމުގައި (ނުބައިނަމަ) ނުބައިކަން ޘާބިތުކޮށްދޭށެވެ! އަދި އަހުރެން އެކަމުގެ މައްޗަށް الله ގަންދީ ހުވާކުރާނަމެވެ!

— ޝައިޚް އަޙްމަދު މޫސާ ޖިބްރީލް حفظه الله

Instagram
🔸ރަނުގެ ނަޞޭޙަތެއް

ދެމަފިރިން، الله ތަޢާލާއާ ދުރުވިވަރަކަށް، އެދެމަފިރިންވެސް އެކަކު އަނެކަކާ ދުރުވާނެއެވެ. އަދި ތިބާ الله ތަޢާލާއާ ކުއްތަންވީވަރަކަށް ތިބާ އިނދެގެން އުޅޭ ފަރާތާ ގާތްވާނެއެވެ.
Al Qawareer Dhivehi
🔸ރަނުގެ ނަޞޭޙަތެއް ދެމަފިރިން، الله ތަޢާލާއާ ދުރުވިވަރަކަށް، އެދެމަފިރިންވެސް އެކަކު އަނެކަކާ ދުރުވާނެއެވެ. އަދި ތިބާ الله ތަޢާލާއާ ކުއްތަންވީވަރަކަށް ތިބާ އިނދެގެން އުޅޭ ފަރާތާ ގާތްވާނެއެވެ.
މިއީ އެންމެ ފަހުގެ ޕޯސްޓާ ވަރަށް ގުޅުން ހުރި ކަމެކެވެ. ތިބާ الله ސުބްޙާނަހޫ ވަތަޢާލާއާއި ކުއްތަންވީވަރަކަށް الله ސުބްޙާނަހޫ ވަތަޢާލާއަށް ބިރުވެތިވާނެއެވެ. އަދި ތިބާ އެކަލާނގެއަށް ބިރުވެތިވީވަރަކަށް، އެކަލާނގެ އަޅުތަކުންނަށް އަނިޔާވެރިވުމަށް ބިރުވެތިވާނެއެވެ. އަދި ތިބާގެ މައްޗަށްވާ އެ އަޅުތަކުންގެ ޙައްޤުތަކާއި ގުޅިގެން އެކަލާނގެއަށް ނުކިޔަމަންތެރިވުމަށް ތިބާ ބިރުވެތިވާނެއެވެ. ފިރިމީހާއާއި އަނބިމީހާ އެއީ ދެމަފިރިންނަށްވުމުގެ ކުރިން އިސްލާމްދީނުގެ އަޚަކާއި އުޚްތެއްކަން ހަނދާނުގައި ބަހައްޓާނަމަ، އަދި الله އަށްޓަކައި ލޯބިވުން، ކައިވެނީގެ އެހެނިހެން ކަންކަމަށްވުރެ އިސްވެގެންވާނަމަ، އެދެފަރާތުން އެދެފަރާތަށް ނުބައެއް ނުވަތަ އަނިޔާއެއްދިނުމަކީ ވަރަށް ނާދިރުކަމެކެވެ.

ފިރިމީހާއާއި އަނބިމީހާ الله ސުބްޙާނަހޫ ވަތަޢާލާއާ ދުރުނަމަ، އެކި ޒާތުގެ ފާފައިގައި އެކަކު އަނެކަކަށް އެހީތެރިވެވޭނެއެވެ. ނުވަތަ ކުޑަމިނުން އިނދެގެން އުޅޭ މީހާގެ ފާފަތަކަށް އިއުތިރާޒެއްނެތި އަޅާނުލާ ބަހައްޓާނީއެވެ. އެހެނަސް މިއީވެސް ހަމަ ގޮތަކަށް އެފާފައިގައި އެހީވުމެވެ. ފާފަކުރުމުގަޔާއި الله އާއި ދެކޮޅަށް އަނިޔާވެރިވުމުގައި އެކަކު އަނެކަކަށް އެހީވާ ބަޔަކު، އެންމެ ފަހުން އެކަކު އަނެކަކަށް ނަފުރަތްތެރިވެގެން ނޫނީ އެދެމީހުން ނުނިމޭނެއެވެ. ދީނަށް ނޫޅޭ މީހުންގެ ގިނަ ކައިވެނިތަކަށް ބަލައިލައިފިނަމަ މިކަމުގެ ފުރިހަމަ މިޘާލު ތިބާއަށް ފެނިގެންދާނެއެވެ.

އާޚިރަތުގެ ކަންކަމުގައި ދެމަފިރިންގެ މަޤްޞަދަކީ އެއް މަޤްޞަދެއްކަމުގައިވާނަމަ މެނުވީ އެކައިވެނީގައި ދުވަހަކުވެސް ހަމަޖެހުމެއް ނުލިބޭނެއެވެ. އަދި އެ ކައިވެންޏަކީ ސަކީނަތުގެ އަސާސަކަށްވެސް ނުވާނެއެވެ. އަދި ދެމަފިރިންގެ ކައިވެނީގެ އެންމެ މުހިއްމު ސަބަބަކީ، الله ސުބްޙާނަހޫ ވަތަޢާލާއަށް ކިޔަމަންތެރިވުމުގައި އެކަކު އަނެކަކަށް އެހީތެރިވެދިނުމެވެ.

އެހެން ހުރިހާ ކަމެއް ފަނޑުވެގެންދެއެވެ. އެހެނަސް ތަޤްޥާވެރިކަން ދެމިހުރެއެވެ.

Instagram
🔸އިބްނުލް ޖަޥްޒީ رحمه الله ވިދާޅުވެފައިވެއެވެ.

ކައިވެނީގެ ނަތީޖާއެއްގެ ގޮތުން އައް-ޝާފިޢީ ނުވަތަ އަޙްމަދު ބިން ޙަންބަލް ފަދަ ކުއްޖަކު ލިބުމަކީ އެކަށީގެންވާ ކަމެކެވެ. އެފަދަ ނަތީޖާއެއް ލިބުން، އެއްހާސް އަހަރުދުވަހުގެ އަޅުކަމަށްވުރެ މާހެޔޮ ވާނެއެވެ.

(تلبيس إبليس)
Al Qawareer Dhivehi
🔸އިބްނުލް ޖަޥްޒީ رحمه الله ވިދާޅުވެފައިވެއެވެ. ކައިވެނީގެ ނަތީޖާއެއްގެ ގޮތުން އައް-ޝާފިޢީ ނުވަތަ އަޙްމަދު ބިން ޙަންބަލް ފަދަ ކުއްޖަކު ލިބުމަކީ އެކަށީގެންވާ ކަމެކެވެ. އެފަދަ ނަތީޖާއެއް ލިބުން، އެއްހާސް އަހަރުދުވަހުގެ އަޅުކަމަށްވުރެ މާހެޔޮ ވާނެއެވެ. (تلبيس…
ޢަމްރޫ ބިން ދީނާރު ރިވާކުރައްވާފައިވެއެވެ. ރަސޫލު الله صلى الله عليه وسلم އަވަހާރަވުމާއި ގުޅިގެން، ކައިވެނި ނުކުރުމަށް ޢަބްދުالله އިބްނު ޢުމަރު رضي الله عنه ގަސްދުކުރެއްވިއެވެ.
އެހެންކަމުން، ޙަފްސާ رضي الله عنها (އެކަލޭގެފާނުގެ އުޚްތާ) އެކަލޭގެފާނަށް ނަޞީޙަތް ދެއްވިއެވެ.

❞ އޭ އަހުރެންގެ އަޚާއެވެ! ތިބާ ކައިވެނި ކުރާށެވެ. އެހެނީ ތިބާއަށް ކުއްޖަކު ލިބިއްޖެނަމަ، އަދި އެ ކުއްޖާ ނިޔާވެއްޖެނަމަ، އެ ކުއްޖާ ތިބާގެ ކުރިން ޖަންނަތަށް ވަންނާނެއެވެ (އަދި ތިބާ ޖަންނަތަށް ވެއްދެވުމުގެ ސަބަބަކަށް އެ ކުއްޖާ ވާނެއެވެ). އަދި އެ ކުއްޖާ ދިރިހުރެއްޖެނަމަ، އެ ކުއްޖާ ތިބާއަށް ހެޔޮކަމަށް އެދި ދުޢާކުރާނެތެވެ. ❝

[Al-Mussanat:10388]

Instagram
🔸 އެފަދަ ޙަރާމް ކުރައްވާފައިވާ ކަންކަމަށް ބެލުމަކީވެސް ގިނަ ބަޔަކު އަނބީންދެކެ ނުރުހުންވުމުގެ ޢާންމު ސަބަބެކެވެ. މިނިވަންކަމާއިއެކު ޙަރާމް އެއްޗެއްސަށް ބަލާ މީހަކަށް އޭނާގެ އަނބިމީހާ ކިތަންމެ ރީތިވިޔަސް އަނބިމީހާގެ ކިބައިން ދުވަހަކުވެސް ހަމަޖެހުމެއް ނުލިބޭނެއެވެ. ކީއްވެ ހެއްޔެވެ؟ އެހެނީ އެކަނބުލޭގެ ބަލާލަން ކިތަންމެ ރީތިވިޔަސް، އޭނާއަށްވުރެ ރީތި މީހަކު ފިރިމީހާއަށް އަބަދުވެސް ފެންނަން ހުންނާނެތީވެއެވެ. ކެއްކުމާއި، ސާފުކުރުމާއި، ފިރިހެން މީހާގެ ދަރިން ތަރުބިއްޔަތު ކުރުމުގައި ވަނިކޮށް ފިރިހެންމީހާ އެމީހެއްގެ ކައިރީ ހޭލާ އެ އަނބިމީހާ ފެންނަން ހުންނާނީ، ފުރިހަމައަށް ތަބައްރުޖުވެގެން (ރީތިކަމާއި ޒީނަތްތެރިކަން ފާޅުގައި ދައްކައިގެން) އަދި މޭކަޕުން ޖަރީވެ ސޯޝަލް މީޑިއާގައި ގޮތް ގޮތަށް ހުއްޓިގެން އަމިއްލައަށް ތިއްތިދެއްކޭ ޝައިޠާނާހެނެއް ނޫނެވެ. ޝައިޠާނާގެ އެ ޙަރާމް ވިހަ ތީރުތަކުގެ ސަބަބުން، އެ އަންހެނުންތައް ހިތް އަތުލާ އަދި ޝަހުވަތަށްތެރި ގޮތަކަށް ފެންނަން ފަށައެވެ. އަދި އެއަށްފަހު ކައިވެނީގައި މައްސަލަތައް ކުރުމަތިވާން ފަށައެވެ.

— ޝައިޚް އަޙްމަދު މޫސާ ޖިބްރީލް (حفظه الله)

Instagram
Forwarded from Tazkirat Nufoos
Tazkirat Nufoos
Photo
🤍ޒަމާނީ ނިޤާބާއި ބެހޭގޮތުން ޝައިޚް ޢަލީ އަލް-ޚުޟައިރު ދެއްވާފައިވާ ފަތުވާ:

📕ތިބާ (ސުވާލުގައި) ތިބުނި ފަދަ ނިޤާބާއި ބެހޭގޮތުން، އޭގެ ސިފަ ނުވަތަ އެއީ ކިހިނެއް ހުންނަ އެއްޗެއްކަން އަހަރެންނަކަށް ނޭނގެއެވެ. އެހެނަސް، މިހާރުގެ މަޝްހޫރު ނިޤާބުތައް ހުންނަ ފަދައިން، ލޮލުގެ ބޮނޑި ފެންނަން ހުންނަ ފަދައިން ނުވަތަ ޒީނަތްތެރިކަމެއް ނުވަތަ މަތީ ކޯތާފަތުން މިންވަރެއް ފެންނަ ނަމަ، ފަހެ އެއީ ޙަރާމް އަދި ހުއްދަވެގެންނުވާ އެއްޗެކެވެ. އަދި އެއީ އައް-ސުފޫރުގެ (تبرج/ ޒީނަތްތެރިކަން ފާޅުކުރުން) ބާވަތެކެވެ. ހަމަކަށަވަރުން ސަލަފުންގެ އަންހެންކަނބަލުންގެ ނިޤާބަކީ، އެ ނިޤާބުން އެއް ލޯ ފެންނަގޮތައް، ލޮލުގެ ކަޅި ފާޅުވާ ވަރުގެ ކުޑަ މިންވަރެއްގެ ހުޅުވުމެއް — ލޯވަޅެއް ފަދައިން ހުންނަ އެއްޗެކެވެ.

ފަތްޙުލް ޤަދީރުގައި (4/304) އައް-ޝައުކާނީ ވިދާޅުވެފައިވެއެވެ:
".. قُل لِّأَزْوَاجِكَ وَبَنَاتِكَ وَنِسَاءِ الْمُؤْمِنِينَ يُدْنِينَ عَلَيْهِنَّ مِن جَلَابِيبِهِنَّ، މާނައީ: 'މުއުމިނުންގެ އަންހެނުން، އެ ކަނބަލުންގެ ފޭރާންތަކުން ނިވައިވެތިބުމަށް ކަލޭގެފާނު އެ ކަނބަލުންނަށް ވިދާޅުވާށެވެ.'

މި އާޔަތާއި ބެހޭގޮތުން މުފައްސިރުން ވިދާޅުވެފައިވަނީ އެކަނބަލުންގެ މުޅި ބޮލާއި މޫނު އެއްކޮށް ފޮރުވަން ޖެހޭނެކަމަށެވެ. އެއް ލޯ މެނުވީއެވެ.

[ޝައިޚް ޢަލީ އަލް-ޚުޟައިރުގެ 200 ސުވާލާއި ޖަވާބު] ނެގިފައިވަނީ
#Niqab #Fatwa
••┈┈┈┈┈┈┈┈┈┈┈••
✦ @Tazkirat_Nufoos
Please open Telegram to view this post
VIEW IN TELEGRAM
Al Qawareer Dhivehi
އަލްބުހޫތީ رحمه الله ވިދާޅުވެފައިވެއެވެ. ❞ ފިރިމީހާއަށް ކިޔަމަންތެރިވުމުގައި މައިންބަފައިންނަށް ކިޔަމަންތެރިވުމާއި ޚިލާފުވާނަމަ ފިރިމީހާއަށް ކިޔަމަންތެރިވުން އިސްކަންދެވިގެންވެއެވެ. އިމާމު އަޙްމަދު رحمه الله ފިރިއަކާއި ބަލި މަންމައެއް ހުރި އަންހެނަކާއި ބެހޭގޮތުން…
ފިރިމީހާގެ މައްޗަށް މައިންބަފައިންނަށް ކިޔަމަންތެރިކަން އަދާކުރުން ނުވާއިރު، ރަޙްމަތްތެރިންނާއި ގާތްތިމާގެ މީހުންނަށް އަދި އަމުދުން ކިޔަމަންވުމެއް ނުވެއެވެ.
ހަމަޔަޤީނުންވެސް ބައްޕައަށް ކިޔަމަންވުން އެހެން އުޚްތުންނަށް ކިޔަމަންތެރިވުމަށްވުރެ އައުލާކަންބޮޑު ނުވާނެ ހެއްޔެެވެ؟ ވާނެއެވެ. ނަމަވެސް ފިރިމީހާއަށް ކިޔަމަންތެރިވުމަށް އަމުރުކުރެއްވީ އެހުރިހާ ކަމެއް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެކަން ހަނދުމަކުރާށެވެ.

ބައެއް އުޚްތުންގެ މެދުގައި ވަރަށް އާންމުވެފައިވާ ކަމެއް މިއީ، ފިރިމީހާގެ މައްޗަށް މައިންބަފައިންނަށް ކިޔަމަންތެރިނުވި ނަމަވެސް، ފިރިމީހާގެ ބަސް ބާއްވާފަ އެހެން އުޚްތުންނަށް ކިޔަމަންތެރިވުން!

އުޚްތުންނޭ! الله ތަޢާލާއަށް ބިރުވެތިވޭ.

ރަސޫލު ﷲ ﷺ ޙަދީޘްކުރައްވާފައިވެއެވެ:

"‏إذا صلَّت المرأةُ خمسَها وصامت شهرَها وحفِظت فرجَها وأطاعت زوجَها قيل لها ادخُلي الجنَّةَ من أيِّ أبوابِ الجنَّةِ شئتِ”

މާނައީ: " އަންހެނަކު ފަރުޟު ފަސް ނަމާދުކޮށް، ރަމަޟާން މަހުގެ ރޯދަ ހިފައި، އޭނާގެ ލަދުވެތި ގުނަވަނަށް ރައްކާތެރިވެ، ފިރިމީހާއަށް ކިޔަމަންވެއްޖެނަމަ އޭނާއަށް ބުނެވޭނެއެވެ: ތިބާ ބޭނުން ދޮރުކޮޅަކުން ސުވަރުގެ ވަންނާށެވެ!"

أخرجه أحمد [ 1661 ]

އަމިއްލަ އެދުންތައްދޫކޮށް ފިރިމީހާއަށް ފުރިހަމައަށް ކިޔަމަންތެރިވާ ބަޔަކުކަމުގައި ތިޔަ އުޚްތުން ވާށެވެ. އަދި ގޭގައި މަޑުކުރަން ޖެހޭތީ ނުވަތަ އެހެން ފިރީންގެ އަނބިން ފަދައިން ކަން ކަން ކުރުމުގެ ހުއްދަ ނުލިބޭތީ ހިތާމަނުކުރައްވާށެވެ. އެހެނީ ތިބާ، ތިބާގެ ފިރިމީހާއަށް ކިޔަމަންތެރިވާހާ ހިނދަކު ތިވަނީ އަޅުކަމެއްގެ މަތީގައެވެ. ދެން އިސާހިތަކު ޖަންނަތުގެ ބޭނުން ދޮރުކޮޅަކުން ވަނުމުވެ ޝަރަފު بإذن الله ތިބާއަށް الله ތަޢާލާ ދެއްވަވާނެއެވެ.

@alqawaareermv