ސަޢުދި ޢަރަބިއްޔާގެ އަލް-ސަފްވާ ފައުންޑޭޝަންގެ ޗެއަރމަން، ބަންދަރު ބިން ޢަބްދުﷲ އަލް-ރާޖިޙީ، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނަށް ޒިޔާރަތްކުރެއްވުން. އެމަނިކުފާނުގެ އަރިހުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު. ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢިދުވެސް މި ޒިޔާރަތުގައި ބައިވެރިވެވަޑައިގެންނެވި. އަލް-ސަފްވާ ފައުންޑޭޝަންގެ ވަފްދަށް ޙައްޖު ކޯޕަރޭޝަންގެ ފަރާތުން މަރުޙަބާ ދެންނެވީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަކީލާއި، ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަލްުއުސްތާޛު ޢަލީ ޝަރީފާއި، މުޙައްމަދު ޝިހާބު. އަލް-ސަފްވާ ފައުންޑޭޝަންގެ ވަފްދުގެ ބޭފުޅުންނާއި، މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ އިސް ވެރިންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ވަނީ ދެފަރާތުން ގުޅިގެން ކުރެވޭނެ މަސައްކަތްތަކާ ގުޅޭގޮތުންފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައި. އަލް-ސަފްވާ ފައުންޑޭޝަނަކީ ސަޢޫދީ ޢަރަބިއްޔާގެ މަޝްހޫރު އައްރާޖިޙީ ބޭންކުގެ ދަށުން ދީނީ އަދި ދަރުމަވެރި މަސައްކަތްތައް ހިންގާ އެ ކުންފުނީގެ ދީނީ ގޮތްޕެއް.
👍8
ސަޢުދި ޢަރަބިއްޔާގެ އަލް-ސަފްވާ ފައުންޑޭޝަނާއި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނާ ދެމެދު ފަހުމްނާމާގައި ސޮއިކުރުން. މި ފަހުމްނާމާގައި ސޮއިކުރުން ކުރިއަށްދިޔައީ ޙައްޖު ޢުމްރާ ކޮންފަރެންސް އެންޑް އެގްޒިބިޝަން 1447ގެ ތެރެއިން. މިއީ ޙައްޖާއި ޢުމްރާގެ ކަންކަމުގައި މި ކޯޕަރޭޝަނަށް އަލް-ސަފްވާ ފައުންޑޭޝަނުން އެހީތެރިކަން ފޯރުކޮށްދިނުމާއި، މި ކޯޕަރޭޝަންގެ މުވައްޒަފުން ހިލޭ ތަމްރީން ކުރުމާއި ބިނާކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ވެވުނު އެއްބަސްވުމެއް. މި އެއްބަސްވުމުގައި މި ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަކީލް. އަދި އަލް-ސަފްވާ ފައުންޑޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެފައުންޑޭޝަންގެ ޗީފް އެގްޒެކެޓިވް އޮފިސަރ ޢަބްދުﷲ މުޙައްމަދު އަލް-ޙަޖޫރީ.
#އިތުބާރާއިޔަޤީންކަން
#އިތުބާރާއިޔަޤީންކަން
👍2
ޙައްޖު ކޯޕަރޭޝަންގެ ޙިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ތިޔަބޭފުޅުންގެ ޚިޔާލު މުހިންމު. ތިރީގައި ލިންކު ކުރެވިފައިވާ ފޯމު މެދުވެރިކޮށް ތިޔަބޭފުޅުންގެ ޚިޔާލު ހުށައެޅުއްވޭނެ!
https://forms.gle/S5LkSA99MzNMfUJe6
https://forms.gle/S5LkSA99MzNMfUJe6
👍4