Hunafa -Millat Ibraheem (dhivehi)
62 subscribers
94 photos
2 videos
7 links
Download Telegram
މިހުރިހާކަމެއްގައިވެސް ﷲ ތަޢާލާގެ އަޅުންކަމުގައިވާ ނަބިއްޔުންނަށް ބާވައިލެއްވި ޝަރީޢަތްތަކާ ޚިލާފުވުންވެއެވެ."

📕 އަލްބިދާޔާ ވައްނިހާޔާ: 17 /162

ތަތާރުންގެ ދުވަސްވަރުގައި ދިރިއުޅެ، އެމީހުންގެ ކަންކަން އެނގުނު މީހުންގެ ގާތުގައި އެމީހުންގެ ޙާލަތުތައް ހުރިގޮތަކީ މިއެވެ. މިހެންވެ އިބްނު ކަޘީރު އެވަނީ އެވެރިން ކާފަރުންވެގެންވާކަމަށް މުސްލިމުންގެ އިޖްމާޢު ގެނެސްފައިއެވެ. އެއީ ޙައްޤެވެ. އެއީ ތަތާރުންގެ ރަސްކަލުންނާއި، އެމީހުން ފަދައިން ކަންތައްކުރި މީހުންނަށްވާ ޙުކުމެކެވެ.
އިބްނުލް ޤައްޔިމް ވިދާޅުވިއެވެ:
އިސްލާމްދީނުގެ އަހުލުވެރިންވަނީ މީސްތަކުންގެތެރޭގައި ބީރައްޓެހިންތަކެއް ކަމުގައެވެ. އަދި އިސްލާމްދީނުގެ އަހުލުވެރިންތެރޭގައި މުއުމިނުންނީ ބީރައްޓެހިންކަމުގައި ވެއެވެ. އަދި އޭގެތެތެރެއިން ޢިލްމުގެ އަހުލުވެރިންނީ ބީރައްޓެހިންކަމުގައި ވެއެވެ. އަދި ހަވާނަފްސުގެ އެދުންތަކާއި ބިދުޢަތަކުން އެކަހެރިވެ، ފާހަގަކޮށްދޭ ސުންނަތުގެ އަހުލުވެރިންނަކީ ބީރައްޓެހިން ތަކެކެވެ. އަދި ސުންނަތައް ގޮވާލައި، އަދި ޚިލާފުވެގަންނަ މީހުންގެ އުނދަގުލުގެ މައްޗައް ކެތްތެރިވާ މީހުންނީ، ފަހެ މި އެންމެންގެ ތެރެއިން އެންމެ ބީރައްޓެހިކަން ގަދަވެގެންވާ މީހުންނެވެ. އެހެނެއްކަމަކު މިބައިމީހުންނީ ﷲ ތަޢާލާގެ އަހުލުވެރިންނެވެ. ފަހެ އެބައިމީހުންގެ މައްޗައް ބީރައްޓެހިކަމެއް ނެތެވެ.
އެހެނެއްކަމަކު ބީރައްޓެހިކަންވަނީ ﷲ ތަޢާލާ އެބަޔަކާމެދު މިފަދައިން ވަޙީކުރެއްވި ބައިބޮޑު މީހުންނަށެވެ.

"އަދި ބިމުގައި ގިނަ މީހުންނަށް ކަލޭގެފާނު ކިޔަމަންވެ ވަޑައިގެންފިނަމަ، އެއުރެން ﷲ ގެ މަގުން ކަލޭގެފާނު ފުރައްދައިފާނެތެވެ"[6:116]

ފަހެ، އެއުރެންނީ ﷲ އާއި އެއިލާހުގެ ރަސޫލާގެ އަރިހުން ބީރައްޓެހިވެގެންވާ މީހުންނެވެ. އެއީ އެބައިމީހުންގެ ބީރައްޓެހިކަމަކީ އެ ބީރައްޓެހިކަމަކުން އެކަނިކޮށްލާ (ޙަޤީޤީ) ބީރައްޓެހިކަމެވެ"

مدارج السالكين 3/195
އިބްނުލް މުހައްލަބުއާމެދު އަލްޙަސަނު ވިދާޅުވިއެވެ:

"މިހުރީ ﷲ ގެ ޢަދުއްވު ޔަޒީދު ބްނުލް މުހައްލަބުއެވެ!
ކޮންމެ ފަހަރަކު މީހަކު އަޑުނަގާ (ހަނގުރާމައަށް) ހަޅޭއްލަވާއިރަށް އެމީހުންގެ ކަނޑިތައް ހިފައިގެން ނިކުމެ އެމީހަކާއެކު އެބަ ހަނގުރާމަކުރެއެވެ!“

📚 އަޚްބާރުލް ޤުޟާތު، ސިޔަރު އަޢުލާމުއް ނުބަލާއު 📚

⬇️
Hunafa -Millat Ibraheem (dhivehi)
އިބްނުލް މުހައްލަބުއާމެދު އަލްޙަސަނު ވިދާޅުވިއެވެ: "މިހުރީ ﷲ ގެ ޢަދުއްވު ޔަޒީދު ބްނުލް މުހައްލަބުއެވެ! ކޮންމެ ފަހަރަކު މީހަކު އަޑުނަގާ (ހަނގުރާމައަށް) ހަޅޭއްލަވާއިރަށް އެމީހުންގެ ކަނޑިތައް ހިފައިގެން ނިކުމެ އެމީހަކާއެކު އެބަ ހަނގުރާމަކުރެއެވެ!“ 📚 އަޚްބާރުލް…
ހިޖުރައިން 102 ވަނަ އަހަރުގެ ޙާދިޘާތައް ބަޔާންކުރައްވަމުން މުސްލިމުންގެ ވެރިޔަކަށް އޭރުހުރި ޔަޒީދު ބްނު ޢަބްދުލް މަލިކުގެ ޚިލާފަތާ ދެކޮޅަށް ނިކުތް އިބްނުލް މުހައްލަބުގެ ވާހަކާގައި އިބްނު ޖަރީރުއާއި، އިބްނު ކަޘީރުއާއި އެހެން ބޭފުޅުން ގެންނެވިއެވެ:

އެދުވަސްވަރު އަލްޙަސަނުލް ބަޞްރީ އެފިތުނައަށް ނުވަނުމަށް އަދި އެއިން ދުރުވެ އެއްކިބާވުމަށް ހިތްވަރުދެއްވައެވެ. އަދި އޭގައި ބައިވެރިވުން ވަރުގަދައަށް ނަހީކުރެއްވިއެވެ.
އެއީ އޭގެ ކުރިން އިބްނުލް އަޝްޢަޘް، (ޙައްޖާޖުއާ ދެކޮޅަށް ނިކުމެގެން) ހިނގި ފުޅާ ދިގުވެގެންވާ ނުބައިތަކަށްޓަކައިއެވެ. އަދި އޭގެ ސަބަބުން ޤަތުލުވެގެންދިޔަ އެތައް ބައިވަރު ނަފްސުތަކަށްޓަކައިއެވެ.

ދެން އަލްޙަސަނު މީސްތަކުންނަށް ޚުޠުބާދެއްވާ، އެކަމުގައި ވަޢުޡު ނަޞޭޙަތްދެއްވާ، އެހަނގުރާމައަށް ނުނިކުމެ ދުރުވެ އެއްކިބާވުމަށް ބާރުއެޅުއްވިއެވެ.

ދެން ބަޞްރާގެ މައްޗަށް ނައިބެއްގެ ގޮތުގައި ހުރި މަރްވާނު ބްނުލް މުހައްލަބުއަށް އެޚަބަރު ފޯރިއެވެ. ދެން އޭނާ މީސްތަކުންގެ ތެރޭގައި ތެދުވެ ޚުޠުބާދިނެވެ. އަދި ޖިހާދަށް ބާރުއަޅާ، ގަދައަޅާ މަސައްކަތްކޮށް، ހަނގުރާމައަށް އަވަހަށް ނިކުތުމަށް އަމުރުކޮށް ހިތްވަރުދިނެވެ.

ދެން އޭނާ ބުންޏެވެ:
"އަހަރެންނަށް މިއުޅޭ މަގުފުރެދިފައިވާ ޝެއިޚު (އެބަހީ: އަލްޙަސަނުލް ބަޞްރީ) ގެ ކިބައިން ފޯރިގޮތުގައި، އޭނާ މީސްތަކުން ޖިހާދަށް ދިޔުމަށް ހުރަސްއަޅާ، ބިމަށް ބުރަޖައްސާ އެބަހަދެއެވެ!

ﷲ ގަންދީ ބުނަމެވެ! މީނާގެ ގޭގައި އޮނުން ހަދާފައިވާ ޖިފުޓިޔަކުން އަވަށްޓެރިޔާ އޮނެއް ދަމައިގަތަސް މީނާ (ރުޅިގަދަވެގެން ގޮސް) ނޭފަތް ރަތްވެ ލޭފައިބައިގެން އުޅޭނެއެވެ!
ދެން އަހަރުމެންގެ ޙައްޤު ހޯދަން އަހަރުމެން މަސައްކަތްކުރުމަށް، އަދި އަހަރުމެންގެ ރަށުގެ އަހުލުވެރިންނަށްވެސް އެކަލޭގެ އިންކާރުކުރަނީހެއްޔެވެ!؟
އަދި އަހަރުމެންނަށް ލިބޭ އަނިޔާއާ އަހަރުމެން ދެކޮޅުހަދާ ކުރިމަތިލާން އެކަލޭގެ އެއިންކާރު ކުރަނީއެވެ!

ﷲ ގަންދީ ބުނަމެވެ!
އޭނާ އަހަރުމެންނާ ބެހި އަހަރުމެންގެ ވާހަކަދެއްކުން ހުއްޓާލާ، އަދި އޭނާގެ ކައިރީގައި އުޅޭ ކޮހުންނާ މީހުން އެއްކޮށްގެން އެގަންނަގަނޑު ހުއްޓާލާހުށިކަމެވެ! އެހެންނޫނީ އެކަލޭގެ ގައިގައި ރާޅު ފީރަކުން ހަން ދަމާލާނަމެވެ!"

ދެން އަލްޙަސަނަށް އެޚަބަރު ފޯރިހިނދު ވިދާޅުވިއެވެ:
"ﷲ ގަންދީ ބުނަމެވެ! އޭނާ އަހަރެން ނިކަމެތިކޮށްލުމުގެ ސަބަބުން ﷲ ތަޢާލާ އަހަރެންނަށް ކަރާމާތްތެރިކަން ދެއްވުމަށް އަހަރެން ނުރުހުމެއް ނެތެވެ."

ދެން ޔަޒީދު ބްނު ޢަބްދުލް މަލިކުގެ ލަޝްކަރާ ދިމާކޮށް އިބްނުލް މުހައްލަބު ބަލިވެ ޤަތުލުވެގެންދިޔައެވެ."

📚 ތާރީޚުއް ޠަބަރީ، އަލްބިދާޔާ ވައްނިހާޔާ 📚
▪️އަލްމުޣީރާ ބްނު ޝުޢުބާ ވިދާޅުވިކަމަށް ރިވާކުރެވެއެވެ:

"އަހަރެންނަށް މިހާރު އަށްޑިހަ އަންހެނުންނާ ކައިވެނި ކުރެވިއްޖެއެވެ!

އެހެންކަމުން ތިޔަބައިމީހުންގެ ތެރެއިން އަންހެނުންގެ ކަންކަން އެންމެ ދަންނަމީހަކީ އަހަރެންނެވެ!

އެގޮތުން އަހަރެންނަށް ފެނުނީ:

އެންމެ އަންހެނަކާ އިނދެގެން އުޅޭ ފިރިހެނާއަކީ އަންހެނެއްކަމުގައި ވަނިކޮށެވެ.

އަންހެނާ ޙައިޟުވެއްޖެނަމަ އޭނާވެސް އެކަނބުލޭގެއާއެކު ޙައިޟުވެއެވެ.

އަންހެނާ ޒިޔާރަތްކޮށްފިނަމަ، އޭނާވެސް ޒިޔާރަތްކުރެއެވެ. އަންހެނާ ބަލިވެއްޖެނަމަ، އޭނާވެސް ބަލިވެއިނދެއެވެ.

ފަހެ ތިޔަބައިމީހުންކުރެ މީހަކު، އެންމެ އަންހެނެއްގެ މައްޗަށް ފުއްދާނުލާ ހުށިކަމެވެ!"

📖 ޣަރީބުލް ޙަދީޘް ލިލްޚައްޠާބީ 📖

▪️އެހެން ރިވާޔަތެއްގައިވެއެވެ:
"އެންމެ އަނތްބަކުވާ މީހާއަކީ، އެކަނބުލޭގެފަދަ އަންހެނެކެވެ.

އެކަނބުލޭގެ ވަކިވެއްޖެނަމަ އޭނާވެސް ވަކިވެދެއެވެ. އެކަނބުލޭގެ ޙައިޟުވެއްޖެނަމަ އޭނާވެސް އެކަނބުލޭގެއާއެކު ޙައިޟުވެއެވެ. އެކަނބުލޭގެ ބަލިވެއްޖެނަމަ އޭނާވެސް އެކަނބުލޭގެއާއެކު ބަލިވެއެވެ.

ދެއަނބިން ލިބިގެންވާ މީހާވަނީ ދެއަނގުރު އަލިފާންގަނޑުގެ މަތީގައެވެ!

އަދި ތިން އަނބިން ލިބިގެންވާ މީހާވަނީ (ދަނޑުގޮވާންކުރެވޭ) ބައިބޯ ޖަންގައްޔެއްގައެވެ!

ހަތަރު އަނބިން ލިބިގެންވާ މީހާއީ ކޮންމެ ރެޔަކު އާކައިވެންޏެއްގެ ރަހަލާ މީހެކެވެ!"

📖 ބަހްޖަތުލް މަޖާލިސް 📖
🌴 އަބޫ ޒުރްޢާ އައްރާޒީ (264ހ) ވިދާޅުވިއެވެ:

”އަހަރެން އަޙްމަދު ބްނު ޙަންބަލު (241ހ) އަށް ދެންނެވީމެވެ:
"ތިބާ އަލްމުޢުތަޞިމުގެ ކަނޑިންނާއި، އަލްވާޘިޤުގެ ޗާބޫކުން ސަލާމަތްވީ ކިހިނަކުންހެއްޔެވެ؟"

އެކަލޭގެފާނު ވިދާޅުވިއެވެ:
"ތެދުވެރިކަން، ޒަޚަމެއްގެ މަތީގައި ބޭއްވިއްޖެއްޔާ އެޒަޚަމްވެސް ފަސޭހަވެގެންދާނެއެވެ!" “

📚 މަނާޤިބުލް އިމާމި އަޙްމަދު، އަލްއާދާބުއް ޝަރްޢިއްޔާ 📚
އަބުލް މުޡައްފަރު އައްސަމްޢާނީ އެކަލޭގެފާނުގެ ތަފްސީރުގައި ވިދާޅުވިއެވެ:"ދަންނާށެވެ! ޚަވާރިޖުން މިއާޔަތުން ދަލީލުދައްކައެވެ. އަދި އެމީހުން ބުނެއެވެ: 'ﷲ ބާވައިލެއްވި ގޮތަށް ޙުކުމް ނުކުރާ މީހާއަކީ ފަހެ ކާފަރެކެވެ. އެކަމަކު ސުންނަތުގެ އަހުލުވެރިން ބުންޏެވެ: '(ﷲ ބާވައިލެއްވި ގޮތަށް) ޙުކުމްކުރުން ދޫކޮށްލައިގެން އޭނާ ކާފަރުނުވާނެއެވެ.' "
📕 تفسير السمعاني: 2 / 42


އައްރާޣިބުލް އަޞްފަހާނީގެ ތަފްސީރުގައި މިއާޔަތުގެ {وَمَنْ لَمْ يَحْكُمْ بِمَا أَنْزَلَ اللهُ فَأُولَئِكَ هُمُ الْكَافِرُونَ} ދަށުން ގެނައެވެ:

"މިއާޔަތުގައި ޚަވާރިޖުން ހިފައިގެން އެލިގަނެގެން އުޅެއެވެ. އަދި ކޮންމެ ޙާލަތެއްގައިވެސް ﷲ ގެ ޙުކުމަށް ޙުކުމް ނުކޮށް ދޫކޮށްލާ މީހާއީ ފަހެ ކާފަރެއްކަމަށް އެމީހުން ދަޢުވާކުރިއެވެ. އެނޫން މީހުން ބުނީ: އިންކާރުކުރާ ޙާލުގައި އެކަލާނގެ ބާވައިލެއްވި ތަކެއްޗަށް ޙުކުމްނުކުރާ މީހާއީ ކާފަރެއްކަމުގައެވެ."
📕 تفسير الراغب الأصفهاني: 4 / 361
🔸 ޝެއިޚުލް އިސްލާމް އިބްނު ތައިމިއްޔާ (728ހ) ވިދާޅުވިއެވެ:

"ނަމާދު ކުރުމަށްޓަކައި، އަޅާގެ އަތުގަވާ އެންމެ ރީތި، ޒީނަތްތެރި ހެދުން ލާންވާނެއެވެ.

ސަލަފުންގެ ބައެއް ބޭކަލުން އަގުބޮޑު ރީތި ފޭރާމެއް ގެންގުޅުއްވާ، ނަމާދު ވަޤުތުގައި އެ ފޭރާން ތުރުކުރައްވާ ކަމުގަވިއެވެ. އަދި ވިދާޅުވެއެވެ:

"އެފަރާތަކަށްޓަކައި އަހަރެން ޒީނަތްތެރިވުން އެންމެ ޙައްޤު ފަރާތަކީ ނަމާދުގައި އަހަރެންގެ ވެރި ރައްބަށްޓަކައި ޒީނަތްތެރިވުމެވެ!"

އެނގިގެންވާކަމަކީ: ﷲ ތަޢާލާ، އެކަލާނގެ އަޅާއަށް ދެއްވާ ނިޢުމަތުގެ އަސަރު އެމީހެއްގެ ކިބައިން ފެނިގެންވުމަށް ލޯބިވެވޮޑިގަންނަވާކަމެވެ. 

ޚާއްޞަކޮށް އޭނާ އެކަލާނގެ ކުރިފުޅުމަތީގަ ހުއްޓޭ ހިނދުއެވެ.

ފަހެ އެކަލާނގެ ކުރިފުޅުމަތީގަ އޭނާ ހުއްޓޭނެ އެންމެ ރަނގަޅު ރިވެތިގޮތަކީ: އެކަލާނގެ އޭނާއަށް ދެއްވާފައިވާ (ރިވެތި) ފޭރާމުގައި، އަދި އެކަލާނގެ އޭނާއަށް ދެއްވި ނިޢުމަތް، އެތެރެފުށުންނާއި ބޭރުފުށުން ފާޅުވާގޮތަށް ހުއްޓިހުރުމެވެ."

📖 އަލްމުސްތަދްރަކު ޢަލާ މަޖްމޫޢުލް ފަތާވާ 📖
"ކަންބޮޑުވުންތައް ފިލުވާލާ، އަދި ފާފަތައް ފުއްސެވިގެން ދިޔުމުގެ އެއް ސަބަބަކީ: ނަބިއްޔާ صلى الله عليه وسلم ގެ މައްޗަށް ޞަލަވާތް ލެއްވުމަށް އެދި ދުޢާ ކުރުމެވެ. އަދި ހުކުރު ދުވަހުގައި ޞަލަވާތް ކިޔެވުމުގެ އަސަރު ބޮޑުވެގެންވެއެވެ. ނަބިއްޔާ صلى الله عليه وسلم ގެ މައްޗަށް ޞަލަވާތްކީ މީހާއަށް އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ: 'ތިބާ ކަންބޮޑުވާ ކަންތައް ފުއްދައިދެވި، އަދި ތިބާގެ ފާފަތައް ފުއްސަވާދެވޭނެއެވެ.'"

-ޝެއިޚު ޠަރީފީ-

#الطريفي
Hunafa -Millat Ibraheem (dhivehi)
"ކަންބޮޑުވުންތައް ފިލުވާލާ، އަދި ފާފަތައް ފުއްސެވިގެން ދިޔުމުގެ އެއް ސަބަބަކީ: ނަބިއްޔާ صلى الله عليه وسلم ގެ މައްޗަށް ޞަލަވާތް ލެއްވުމަށް އެދި ދުޢާ ކުރުމެވެ. އަދި ހުކުރު ދުވަހުގައި ޞަލަވާތް ކިޔެވުމުގެ އަސަރު ބޮޑުވެގެންވެއެވެ. ނަބިއްޔާ صلى الله عليه وسلم ގެ…
💥އުބައްޔު ބްނު ކަޢުބު، ރަސޫލާ صلى الله عليه وسلم އަށް ދެންނެވިއެވެ:
”އޭ ﷲ ގެ ރަސޫލާއެވެ!

އަހަރެން ކަލޭގެފާނުގެ މައްޗަށް ޞަލަވާތް ކިޔުން ގިނަކުރަމެވެ.
ފަހެ އަހަރެންގެ (އަމިއްލަ ނަފްސަށް ކުރާ) ދުޢާއިން ކަލޭގެފާނަށްޓަކައި (ޞަލަވާތްކިޔުމަށް) ހަދަންވީ ކިހާވަރެއްތޯއެވެ؟"

ޙަދީޘްކުރެއްވިއެވެ:
"ތިބާ ބޭނުން ވަރެކެވެ."

އަހަރެން ދެންނެވީމެވެ:
"(އަހަރެންގެ ނަފްސަށްކުރާ ދުޢާގެ) ހަތަރުބައިކުޅަ އެއްބައެވެ."

ޙަދީޘްކުރެއްވިއެވެ:
"ތިބާ އެދޭ ވަރެކެވެ. އަދި ތިބާ އިތުރުކޮށްފިނަމަ ފަހެ އެގޮތް ތިބާއަށް ހެޔޮވެގެންވެއެވެ."

އަހަރެން ދެންނެވީމެވެ:
"ދެބައިކުޅަ އެއްބައެވެ."

ޙަދީޘްކުރެއްވިއެވެ:
"ތިބާ ބޭނުން ވަރެކެވެ. އަދި ތިބާ އިތުރުކޮށްފިނަމަ ފަހެ އެގޮތް ތިބާއަށް މާހެޔޮވެގެންވެއެވެ."

އަހަރެން ދެންނެވީމެވެ:
"އެހެންވިއްޔާ ތިންބައިކުޅަ ދެބައެވެ."

ޙަދީޘްކުރެއްވިއެވެ:
"ތިބާ އެދޭ ވަރެކެވެ. އަދި ތިބާ އިތުރުކޮށްފިނަމަ ފަހެ އެގޮތް ތިބާއަށް މާހެޔޮވެގެންވެއެވެ."

އަހަރެން ދެންނެވީމެވެ:
"އަހަރެން ކުރާ ދުޢާ އެއްކޮށް އެހެންވިއްޔާ ކަލޭގެފާނުގެ މައްޗަށް ޞަލަވާތް ކިޔެވުންކަމުގައި ހަދާހުށީމެވެ."

ޙަދީޘްކުރެއްވިއެވެ:
"އެހެން ހަދައިފިނަމަ ތިބާ ކަންބޮޑުވާ ކަންތައް ތިބާއަށް ފުއްދޭދެވޭނެއެވެ.
އަދި ތިބާގެ ފާފަ ފުއްސަވާދެވޭނެއެވެ."

📚 މުސްނަދު އަޙްމަދު، ސުނަނުއް ތިރްމިޛީ، އަލްމުސްތަދްރަކު ލިލްޙާކިމް 📚

🔸ޝެއިޚުލް އިސްލާމް އިބްނު ތައިމިއްޔާ (728ހ) ވިދާޅުވިއެވެ:

"އެބަހީ: ތިބާގެ (އަމިއްލަ ނަފްސަށް ދުޢާކުރުމުން) ތިބާ ތިޔަ ހޯދަން އުޅެނީ:

ތިބާއަށް ކަންބޮޑުވުމެއް ޖައްސާ އަދި ފާފައަކަށް ގެންދާނެ ގެއްލުމެއް ދުރުކޮށް ފިލުވާލަންށެވެ.

ދެންފަހެ ތިބާގެ ތިޔަ ދުޢާކުރުމުގެ ބަދަލުގައި، ތިމަންކަލޭގެފާނުގެ މައްޗަށް ޞަލަވާތް ކިޔަވައިފިނަމަ ތިބާގެ މަޤްޞަދު ޙާޞިލުވާނެއެވެ.

މިއީ މުނާސަބު މާނައެކެވެ. އެހެނީ މީހާ، އޭނާގެ އަޚާ ނެތް ތާނގައި އޭނާއަށް ކޮށްދޭ ދުޢާއަށް، އެއާ ޙަވާލުވެގެންވާ މަލާއިކަތާ މިހެން ވިދާޅުވާކަން ޘާބިތުވެގެންވެއެވެ:
"އާމީން. އަދި ތިބާއަށްވެސް ހަމަ ތިފަދައިން ހުއްޓެވެ."..

ދެންފަހެ މީހާ އޭނާގެ ނަފްސަށް ދުޢާކުރުމުގެ ބަދަލުގައި، ނަބިއްޔާ صلى الله عليه وسلم އަށް (ޞަލަވާތްލެއްވުމަށް) ދުޢާކޮށްދޭނަމަ؛ ފަހެ އޭނާގެ އަމިއްލަ ނަފްސަށް ހޯދަން އުޅޭ ކަންތަކަށްވުރެ މާމަތިވެރި ކަންތަކެއް އޭނާއަށް ޙާޞިލުވީހެވެ."

📖 ޖާމިޢުލް މަސާއިލު 📖

«اللهمَّ صلِّ على محمَّد، وعلى آل محمَّد، كما صليتَ على إبراهيم وعلى آل إبراهيم؛ إنَّك حميدٌ مجيد. اللهمَّ بارِك على محمَّد وعلى آل محمَّد، كما باركتَ على إبراهيم وعلى آل إبراهيم؛ إنَّك حميدٌ مجيد.»

🔲 އިބްނު މަސްޢޫދު (32ހ) ވިދާޅުވިއެވެ:

”އަހަރެން އެއްފަހަރަކު ނަމާދުކުރަން ހުއްޓާ ނަބިއްޔާ صلى الله عليه وسلم އަހަރެންގެ ކައިރިން ލާފައި ވަޑައިގެންނެވިއެވެ.

[އެހެން ރިވާޔަތެއްގައި: ނަބިއްޔާ صلى الله عليه وسلم އާއި އަބޫބަކުރުއާއި ޢުމަރު އެއްދުވަހެއްގައި ނިކުމެވަޑައިގެންނެވިއެވެ. އެއީ އަބޫބަކުރު ދެއްވި ދަޢުވަތަކަށެވެ. ދެން އެބޭކަލުންގެ ގެއިން ނިކުންނަވާ މަދީނާގެ މިސްކިތަށް ވަޑައިގެންނެވިއިރު ޢަބްދު ﷲ ބްނު މަސްޢޫދު ނަމާދުކުރައްވާ ޤިޔާމްގައި ހުންނަވާ ޤުރްއާން ކިޔަވާ ވިދާޅުވަނީއެވެ. ދެން އައްތަޙިއްޔާތަށް އިށީންނަވާ އައްތަޙިއްޔާތު ކިޔުއްވާ، ﷲ އަށް އެންމެ ރިވެތި ޘަނާއިން ޘަނާ ކިޔުއްވާ، ނަބިއްޔާ صلى الله عليه وسلم އަށް ޞަލަވާތް ލެއްވުމަށް ދުޢާކުރައްވާ، ދެން އެއަށްފަހު ދުޢާކުރައްވަން ފެށްޓެވިއެވެ.]

ދެން ނަބިއްޔާ صلى الله عليه وسلم (ދުރުގައި ހުންނަވާ) ޙަދީޘްކުރެއްވިއެވެ:
"އޭ އިބްނު އުންމު ޢަބްދެވެ! ސުވާލުކޮށް އެދޭށެވެ! ތިބާއަށް ދެއްވޭހުއްޓެވެ."

ޢުމަރު ވިދާޅުވިއެވެ:
"ދެން އަހަރެންނާއި އަބޫބަކުރުއާ ދެމީހުން އިބްނު މަސްޢޫދުގެ ގާތަށް (އެޚަބަރުދީ ސުވާލުކުރުމަށްޓަކައި) އަވަސްވެގަތީމެވެ.
އަދި އަބޫބަކުރު އަހަރެންނަށްވުރެ ކުރިއަރާ ދިޔައެވެ. އެއްވެސް ކަމެއްގައި އަބޫބަކުރުއާ އަހަރެންނާ ވާދަޖަހައިފިނަމަ އަބޫބަކުރު އަހަރެންނަށްވުރެ ކުރިހޯދައެވެ."

ދެން އެދެބޭކަލުން (އިބްނު މަސްޢޫދު ކުރެއްވި ދުޢާއެއް އޮޅުންފިލުވާ) ސުވާލުކުރެއްވިއެވެ.
އިބްނު މަސްޢޫދު ވިދާޅުވިއެވެ:
"އަހަރެން ވަރަށް ދޫކޮށްނުލާ ކިޔާ ދުޢާތަކުގެ ތެރެއިން ދުޢާއެކެވެ:

«اللَّهُمَّ إِنِّي أَسْأَلُكَ ‌نَعِيمًا ‌لَا ‌يَبِيدُ، وَقُرَّةَ عَيْنٍ لَا تَنْفَدُ، وَمُرَافَقَةَ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ فِي أَعْلَى الجَنَّةِ، جَنَّةِ الْخُلْدِ»
އޭ ﷲ އެވެ! ފަނާވެނުދާނޭ ނިޢުމަތްތަކާއި، ނެތި ހުސްނުވާނޭ ލޮލުގެ ފިނިކަމާއި، ސުވަރުގޭގެ އެންމެ މަތީގައި -ޖަންނަތުލް ޚުލްދު-ގައި ނަބިއްޔާ صلى الله عليه وسلم އާއެކުގައި މިއަޅާ ލެއްވުމަށް އެދި އިބައިލާހުގެ ޙަޟްރަތަށް ދަންނަވަމެވެ." “

📚 މުސްނަދު އަޙްމަދު، އަލްމުޢުޖަމުލް ކަބީރު، އަލްމުސްތަދްރަކު ލިލްޙާކިމް 📚
Hunafa -Millat Ibraheem (dhivehi)
"ކަންބޮޑުވުންތައް ފިލުވާލާ، އަދި ފާފަތައް ފުއްސެވިގެން ދިޔުމުގެ އެއް ސަބަބަކީ: ނަބިއްޔާ صلى الله عليه وسلم ގެ މައްޗަށް ޞަލަވާތް ލެއްވުމަށް އެދި ދުޢާ ކުރުމެވެ. އަދި ހުކުރު ދުވަހުގައި ޞަލަވާތް ކިޔެވުމުގެ އަސަރު ބޮޑުވެގެންވެއެވެ. ނަބިއްޔާ صلى الله عليه وسلم ގެ…
▪️އެހެން ރިވާޔަތެއްގައިވެއެވެ. އިބްނު މަސްޢޫދުގެ އަރިހުން ސުވާލުކުރެވުނެވެ:
"ﷲ ގެ ރަސޫލާ صلى الله عليه وسلم ތިބާއަށް "ސުވާލުކޮށް ދަންނަވާށެވެ! ތިބާއަށް އެކަމެއް ދެއްވޭނެއެވެ." މިހެން ޙަދީޘްކުރެއްވި ރޭގައި، ތިބާ ކުރީ ކޮން ދުޢާއެއްތޯއެވެ؟"

ވިދާޅުވިއެވެ:
"އަހަރެން ދުޢާކުރީ މިހެންނެވެ:

«اللَّهُمَّ إِنِّي أَسْأَلُكَ إِيمَانًا لَا يَرْتَدُّ، وَنَعِيمًا لَا يَنْفَدُ، وَمُرَافَقَةَ نَبِيِّكَ مُحَمَّدٍ صَلَّى اللهُ عَلَيْهِ وَسَلَّمَ فِي أَعْلَى دَرَجَةِ ‌الْجَنَّةِ ‌جَنَّةِ ‌الْخُلْدِ»
"އޭ ﷲ އެވެ! ފަސްއެނބުރި ރުޖޫޢަވުމެއް (މުރުތައްދުވުމެއް) ނުވާ އީމާންކަމަކާއި، ހުސްވެގެންނުދާނޭ ނިޢުމަތަކާއި، އިބައިލާހުގެ ނަބިއްޔާ މުޙައްމަދު صلى الله عليه وسلم އާއެކުގައި ސުވަރުގޭގެ -ޖަންނަތުލް ޚުލްދުގެ- އެންމެ މަތީގައި ދަރަޖާގައި ލެއްވުމަށް މިއަޅާ އެދި ދަންނަވަމެވެ." “

📖 މުޞައްނަފު އިބްނު އަބީ ޝައިބާ 📖
"...ހުރިހާ މިއްލަތްތަކެއްގައި، ހުރިހާ ވައްތަރެއްގެ ނަފްސުގެ ޠަބީޢަތްތައް އުޅެއެވެ. އަދި އިންސާނާ އެއް ދީނުން އަނެއް ދީނަށް ބަދަލުވާހިނދުވެސް އިންސާނާއާއެކު އެޠަބީޢަތް އިންތިޤާލުވެއެވެ."

- ޟައިޚް ޠަރީފީ
⬇️
Hunafa -Millat Ibraheem (dhivehi)
"...ހުރިހާ މިއްލަތްތަކެއްގައި، ހުރިހާ ވައްތަރެއްގެ ނަފްސުގެ ޠަބީޢަތްތައް އުޅެއެވެ. އަދި އިންސާނާ އެއް ދީނުން އަނެއް ދީނަށް ބަދަލުވާހިނދުވެސް އިންސާނާއާއެކު އެޠަބީޢަތް އިންތިޤާލުވެއެވެ." - ޟައިޚް ޠަރީފީ ⬇️
🔳 ”ނަފްސުގެ ޠަބީޢަތްތައް (މިޒާޖުތައް)

މީސްތަކުންގެ މެދުގައި ޠަބީޢަތްތައްވަނީ ތަފާތުވެގެންނެވެ. އަދި ޠަބީޢަތްތަކުގައި އެއްގޮތްވުމަކީ ވަރަށްވެސް ނުވާނޭ ކަމެކެވެ.

އެގޮތުން ނަފްސެއް ހިތްވަރުގަދަވެ ނުވަތަ ފިނޑިވެގެންވެދާނެއެވެ.
ބާރުގަދަވެ ނުވަތަ ބަލިކަށިވެގެންވެދާނެއެވެ.
ލަސްލަހުން އުޅޭ ނުވަތަ އަވަސްއަރައިގެން އުޅޭ ޠަބީޢަތެއްކަމުގައި ވެދާނެއެވެ.
ރުޅިގަދަ ނުވަތަ ހަމަހިމޭންކޮށް ވެދާނެއެވެ.
ހަރުކަށި ނުވަތަ މަޑުމައިތިރި ފަސޭހަކޮށްވެދާނެއެވެ.
ހުށިޔާރުވެ ފަރުވާތެރިވާ ނުވަތަ ސަމާލުކަމެއްނެތި ޣާފިލުވާ ޠަބީޢަތަކަށް ވެދާނެއެވެ.
ދަހިވެތި ނުވަތަ ހިތްރުހޭ،
ކަންނެތް ނުވަތަ މުރާލިކޮށްވެސް ވެދާނެއެވެ.

މިޠަބީޢަތްތަކުގައި ނަފްސުތައް ތަފާތުވެގެންވެއެވެ. އެފަދައިންމެ އެޠަބީޢަތްތައް ހަރުލާ ހުންނަ މިންވަރުތައްވެސް ތަފާތުވެއެވެ. އެއީ ދިރިއުޅުމުގައި އިންސާނާ އޭގެ މައްޗަށް ހެދިބޮޑުވަމުން އަންނަ މިންވަރެއްގެ މައްޗަށެވެ.

އެގޮތުން ހިތްވަރުގަދަކަމާއި ބާރުގަދަކަމުގެ މިންވަރުތައްވަނީ ތަފާތުވެގެންނެވެ. އެއްވަރަކަށް ނޫނެވެ.

ނަފްސުތައް ކޮންމެ ވައްތަރެއްގައި ކޮންމެ މިންވަރެއްގައި އެއްގޮތްވެ އެއްވަރުވުމަކީ ވަރަށް ނާދިރުކަމެކެވެ. އެކަންކަން އެއްގޮތްނުވުމަކީ ކައުނުގައިވާ އިލާހީ ސުންނަތެކެވެ. އެއީ އިންސާނުންގެ މެދުގައި ވަޒަން ހިފެހެއްޓި، އެއްބަޔަކު އަނެއްބަޔަކާ ކަންކަން ގުޅިގެންވުމަށެވެ. އެއީ ދިރިއުޅުން ސީދާވެ، ހިނގަމުން ދިޔުމަށެވެ. ދެން މީސްތަކުންގެ މެދުގައި އެއްބަޔަކު އަނެއްބަޔަކު ފުރިހަމަކޮށްދޭ ގޮތަށްވެއެވެ.

އެމީހުންގެ ޠަބީޢަތްތައް އެއްގޮތަކަށް އެއްފަދައަކުން ވީނަމަ؛ އެމީހުންގެ އިޚްތިޔާރުތަކާއި އެދުންތަކުގައި އެއްގޮތްވެ އިއްތިފާޤުވީހެވެ. އަދި އޭރުން ޢަމަލުކުރުމަށް ބާރުއަޅުވާ ގެންދާނެ ވަރުގަދަ ކަމެއް ނުވެއެވެ.

އެހެނީ ޢަމަލުކުރުމަށް ގެންދާކަމަކީ: އެކަކު އަނެކަކާ ވާދަކުރުމެވެ. ވާދަކުރުމަށް ގެންދާ ކަންތައްވަނީ މިތާ ގެއްލިގެންނެވެ.

ނަމަވެސް ޠަބީޢަތްތައް ތަފާތުވެ، އެކަކު އަނެކަކުގެ ކިބައިން އެމީހަކު އެދޭކަމެއް ނަގާގޮތަށްވުމުން، މަންފާތައް އެއްބަޔަކު އަނެއްބަޔަކާ ބަދަލުކޮށް، އެއްބަޔަކު އަނެއްބަޔަކު ކިބައިން ގެއްލުންތައް ދުރުކުރެއެވެ...

އިންސާނާގެ ދިރިއުޅުމާއި ހެދިބޮޑުވުމުގެ ސަބަބުން ނަފްސުގެ ޠަބީޢަތްތަކަށް އަސަރުކުރުމުގެ މާނައަކީ:
އިންސާނާގެ ގައިގައި އެޞިފަތަކަށް (ކުރީބައިގައި) ޠަބީޢަތް ނުވާ ވާހަކައެއް ނޫނެވެ. އެއީ ނަފްސުގެ ބައެއް ފަލްސަފާވެރިން ދަޢުވާކުރާ ގޮތަށް އިންސާނާއަށް ޠަބީޢަތޭ ކިޔާ އެއްޗެއް ނުވެއެވެ. އެކަމަކު އިންސާނާގެ ޒާތަށް އެހެން ކަންކަން ހޯދައިގަނެވެނީކަމަށް އަދި ނަފްސަކީ ސުލޫކުތައް ރައްކާކޮށް ޚަޒާނާކުރާ އެއްޗެއްކަމަށެވެ....

ޞައްޙަ ބަހަކީ: އަމުރުތަކާއި ތަފާތު ތަކްލީފުތައް އައީ ޠަބީޢަތްތައް ވުމުގެ ފަހުންނެވެ. އެއީ އެއާ އެއްބަސްވާ ގޮތަށް އެކަންކަން ވުމަށެވެ. އެހެނީ ނަފްސުތަކުގެ ޠަބީޢަތްތައް ބަދަލުކުރުމަކީ ވަރަށްވެސް ބުރަ އުނދަގޫކަމެކެވެ. އަދި އޭގެ ތެރޭގައި ބަދަލު ނުވެސް ކުރެވޭނެ ކަންކަންވެއެވެ. އެއީ އިންސާނާ ކިތަންމެ ވަރަކަށް (އެކަން ބަދަލުވާނޭކަމަށް) ބޮޑާދެއްކިޔަސްމެއެވެ....

ނަފްސުގެ ޠަބީޢަތްތަކުގެ ތެރޭގައި އިންސާނާ އޭގެ މައްޗަށް ޚަލްޤުކުރެވި، އޭގެ މައްޗަށް ބައްޓަންކުރެވި ފަރުމާކުރެވޭ ކަންކަންވެއެވެ. އެއީ އޭނާ ޤަބޫލުކުރާ ދީނަކާ އެކަންކަން ގުޅުމެއްވެސް ނެތިއެވެ.

އެގޮތުން ދީން ޤަބޫލު ނުކުރާ މުލްޙިދެއްކަމުގައިވާ ޙާލުވެސް، މެދުމިނުގެ ނަފްސެއްގެ ޠަބީޢަތް ހުރެދާނެއެވެ.
އަދި އަނެއްކޮޅުން މުއުމިނެއްކަމުގައި ވާޙާލު، ހަރުކަށި ކަށްޓަރު ރުޅިގަދަ، އަވަސްއަރައިގެން އުޅޭ ނަފްސެއްގެ ޠަބީޢަތް ހުރެދާނެއެވެ.

މިހެންވެ ހުރިހާ މިއްލަތްތަކެއްގައި، ހުރިހާ ވައްތަރެއްގެ ނަފްސުގެ ޠަބީޢަތްތައް އުޅެއެވެ. އަދި އިންސާނާ އެއް ދީނުން އަނެއް ދީނަށް ބަދަލުވާހިނދުވެސް އިންސާނާއާއެކު އެޠަބީޢަތް އިންތިޤާލުވެއެވެ. އިންސާނާ އޭގެ މައްޗަށް ޚަލްޤުކުރެވޭ އެޠަބީޢަތްތައް، ބިން އޭގެ މައްޗަށް އުފެއްދެވުނު މަޢުދަނުތަކާ ވައްތަރުކުރެވިގެންވެއެވެ. އެގޮތުން ޙަދީޘްގައި އައިސްފައިވެއެވެ:

"އިންސާނުންނީ މަޢުދަންތަކެކެވެ. ރަނާއި ރިހީގެ މަޢުދަންތައް ފަދައިންނެވެ. ޖާހިލިއްޔަތުގައި އެމީހުންގެ ތެރެއިން އެންމެ ހެޔޮމީހުންނީ، ފިޤުހުވެރިވެއްޖެނަމަ އިސްލާމްދީނުގައިވެސް އެންމެ ހެޔޮވެގެންވާ މީހުންނެވެ."

އެހެންކަމުން އިންސާނާގެ މުރޫއަތްތެރިކަމާއި ދީލަތިކަމާއި، އަޚްލާޤުގެ ރިވެތިކަމާއި ނަފްސުގެ ޢިއްޒަތާއި، ރުޅިމަޑުކަމާއި މަޑުމައިތިރިކަމުގެ ޞިފަތައް އޭނާ ކޮންމެ މިއްލަތަކަށް ބަދަލުވިޔަސް އޭނާއާއެކުގައި އިންތިޤާލުވެއެވެ.“

-ޝެއިޚު ޠަރީފީ-

📖 އަލްފަޞްލު ބައިނައް ނަފްސި ވަލްޢަޤްލު 📖

#الطريفي
👍1
🌱 މީހަކު ދާވޫދު އައްޠާއީ (165ހ) ގެ އަރިހުން ވަޞިއްޔަތެއް ކުރެއްވުމަށް އެދުމުން ފެންކަޅިވެފައިވާ ޙާލު ވިދާޅުވިއެވެ:

”އޭ އަޚާއެވެ!
ރެޔާއި ދުވާލު ވާކަންކަށަވަރީ ކަޑައްތުކޮށްލާ މަރްޙަލާތަކެއް ކަމުގައެވެ.

މަރްޙަލާއަކުން މަރްޙަލާއެއް މީސްތަކުންގެ ގާތަށް ފައިބަމުންދެއެވެ.
އެހެންގޮސް އެމީހުންގެ ދަތުރުގެ ނިމުމާ ހަމައަށް ފޯރައިފުމަށް ދާންދެނެވެ!

ފަހެ ކޮންމެ ދުވަހެއްގެ މަރްޙަލާއަށް ތިބާގެ ކުރިމަތީގައި އޮތް ކަންތަކަށްޓަކައި ކޮއްތެއް ތައްޔާރުކޮށްގެން ނެރުމަށް ތިބާ ކުޅަދާނަވެއްޖެނަމަ ފަހެ އެހެން ހަދާށެވެ!

ފަހެ މިކުރަމުންދާ ދަތުރު މެދުކެނޑުންވަނީ ދާދި ގާތުގައެވެ! ކަންތައްވަނީ އެއަށްވުރެ މާއަވަސް ވެގެންނެވެ.

އެހެންކަމުން އަވަހަށް ދަތުރަށް ކޮއްތު ތައްޔާރުކުރާށެވެ!
އަދި ތިބާ ނިންމާކަމެއް އަވަހަށް ގޮތްކަނޑައަޅާ ނިންމާށެވެ!

ފަހެ ކުއްލިއަކަށް ނުވެސް ދެނެހުއްޓާ އިސާހިތަކު ތިބާގެ ގާތަށް އެކަންތައް (އެބަހީ: ދަތުރު މެދުކެނޑި މަރުވުން) ލައިގަތްފަދައެވެ!

އަހަރެން މިވާހަކަ މިބުނަނީ އަހަރެންނަށްވުރެ ވަކި މިކަންތަކާމެދު ފަރުވާކުޑަކޮށްލާ ގެއްލުވާލާ މީހެއް ނޭނގޭ ޙާލުގައެވެ!“

📚 އައްޒުހްދު ލިއިބްނު އަބިއް ދުންޔާ، ޙިލްޔަތުލް އައުލިޔާ 📚
👍1
🔥 މަގުފުރެދުން:

▪️”މަގުފުރެދުމުގެ އެންމެ ފުރަތަމަ އޮށަކީ އަމިއްލަ އެދުމެވެ.
ދެން އެކަންވާނީ ކިބުރުވެރިކަމަށެވެ.
ދެން އެވެގެންދާނީ ޙައްޤު ދޮގުކުރުމަށެވެ:
#الطريفي
Hunafa -Millat Ibraheem (dhivehi)
🔥 މަގުފުރެދުން: ▪️”މަގުފުރެދުމުގެ އެންމެ ފުރަތަމަ އޮށަކީ އަމިއްލަ އެދުމެވެ. ދެން އެކަންވާނީ ކިބުރުވެރިކަމަށެވެ. ދެން އެވެގެންދާނީ ޙައްޤު ދޮގުކުރުމަށެވެ: #الطريفي
🔥 މަގުފުރެދުން:

▪️”މަގުފުރެދުމުގެ އެންމެ ފުރަތަމަ އޮށަކީ އަމިއްލަ އެދުމެވެ.
ދެން އެކަންވާނީ ކިބުރުވެރިކަމަށެވެ.
ދެން އެވެގެންދާނީ ޙައްޤު ދޮގުކުރުމަށެވެ:

{أَفَكُلَّمَا جَاۤءَكُمۡ رَسُولُۢ بِمَا لَا تَهۡوَىٰۤ أَنفُسُكُمُ ٱسۡتَكۡبَرۡتُمۡ فَفَرِیقࣰا كَذَّبۡتُمۡ وَفَرِیقࣰا تَقۡتُلُونَ.}[البقرة:٨٧]
"ފަހެ، ތިޔަބައިމީހުންގެ  ނަފްސުތައް ގަޔާނުވާ ކަމަކާއިގެން ތިޔަބައިމީހުންގެ ގާތަށް ރަސޫލަކު ވަޑައިގެންފި ކޮންމެ ހިނދެއްގައި (އެކަމަށް އިޖާބަނުދީ) ތިޔަބައިމީހުން ބޮޑާވެގަންނަނީ ހެއްޔެވެ؟
ދެން، ތިޔަބައިމީހުން އޭގެ ބަޔެއް ރަސޫލުން ދޮގުކޮށް، އަނެއްބައި ރަސޫލުން ޤަތުލު ކުޅައީމުއެވެ." “

▪️”އީމާންކަމާއެކު މަގުފުރެދުމަށް ލޯބިކުރުމާއި މަގުފުރެދުމުގެ އަހުލުވެރިން ކަމުގޮސް ގަޔާވުން ހިތުގައި ޖަމަޢަނުވާނެއެވެ. ޙަދީޘްކުރެއްވިއެވެ:

"އެމީހެއްގެ ހިތުން އެމީހުންނާ ދެކޮޅަށް ޖިހާދުކޮށްފި މީހާއީ ފަހެ މުއުމިނެކެވެ. އޭގެ ފަހަތުގައި ދެން އީމާންކަމުން ރެވި އޮށްޓަރެއްވެސް ބާކީވެ ނުވެއެވެ." “

▪️”މަގުފުރެދިފައިވާ މީހާ ބޭނުންވަނީ މީސްތަކުންވެސް އޭނާ ގޮތަށް ވުމަށެވެ. އެއީ މަގުން ކަސިޔާރުވެ ފޭވުމުން އެހުންނަ ބީރައްޓެހިކަމާއި އެކަނިވެރިކަން އޭނާއަށް އިޙްސާސް ނުވުމަށެވެ:
{وَدُّوا۟ لَوۡ تَكۡفُرُونَ كَمَا كَفَرُوا۟ فَتَكُونُونَ سَوَاۤءࣰۖ } [النساء: ٨٩]
"އެމީހުން ކާފަރުވި ގޮތަށް ތިޔަބައިމީހުންވެސް ކާފަރުވެ، ދެން ތިޔަބައިމީހުން ހަމަހަމަވެގެންވުމަށް އެވެރިން ލޯބިކޮށް އެދެތެވެ." “

▪️”އެންމެ ބޮޑު ބަލާވެރިކަމަކީ: ﷲ ތަޢާލާ އިންސާނާއަށް ނުބައިކަން ޖައްސަވާ އިމްތިޙާނުކުރައްވާ، އޭނާގެ ހިތުގައި އެކަމަށް ލޯބިޖެއްސެވުމެވެ.

އެހެންގޮސް އޭނާ އެއަށް ތަޢައްޞުބުވެ ހުސްވެ، މީސްތަކުންގެ ތެރޭގައި އެކަން ފަތުރައިފުމަށް ދާންދެނެވެ. އެއީ އޭނާގެ ނުބައިކަން ގިނަގުނަވެގެންގޮސް، އޭގެ މަތީގައި އޭނާ މަރުވެދިޔުމަށެވެ:
{زُیِّنَ لَهُۥ سُوۤءُ عَمَلِهِۦ فَرَءَاهُ حَسَنࣰاۖ} [فاطر: ٨]
"އޭނާގެ ނުބައި ޢަމަލުތައް ރީތި އެއްޗެއްގެ ގޮތުގައި އޭނާއަށް ޒީނަތްތެރިކޮށްދެވި، ދެން އެއީ ރިވެތި ރަނގަޅު ކަންތަކެއްގެ ގޮތުގައި އޭނާއަށް ފެނުނެވެ." “

▪️”މަގުފުރެދިފައިވާ މީހާ، އޭނާގެ މަގުފުރެދުމުގެ މަތީގައި ޘާބިތުވާވަރުގެ (ބޮޑުކަމާ) މެދު ތިބާ ފިކުރު ނުކުރާށެވެ. އޭރުން ތިބާ ބަލިކަށިވެދާނެއެވެ.

ނަމަވެސް ފިކުރު ކުރާންވީކަމަކީ: އޭނާގެ ކުރިމަތިން ފެންނަން އޮތް ޙައްޤުން، އޭނާ ފޭކުރެއްވުމަށް ﷲ ތަޢާލާ ކުޅަދުވަންތަވެގެންވާ ގޮތާ މެދުގައިއެވެ:
{یُضِلُّ مَن یَشَاۤءُ وَیَهۡدِی مَن یَشَاۤءُۖ فَلَا تَذۡهَبۡ نَفۡسُكَ عَلَیۡهِمۡ حَسَرَ ٰ⁠تٍۚ } [فاطر: ٨]
"ފަހެ،  އެކަލާނގެ އިރާދަކުރައްވާ މީހަކު މަގުފުރައްދަވަތެވެ. އަދި އެކަލާނގެ އިރާދަކުރައްވާ މީހަކަށް ތެދުމަގު ދައްކަވަތެވެ. ފަހެ، އެއުރެންގެ މައްޗަށް ހިތާމަކުރެއްވުމުގައި، ކަލޭގެފާނުގެ ނަފްސު ހަލާކުވިޔަނުދެއްވާށެވެ!" “

▪️”ހިދާޔަތަކީ ނަފްސު އެއާމެދު ރުހި ޤަބޫލުވެގެންވާތީ ވާއެއްޗެއް ނޫނެވެ. އެކަމަކު އެކަންވާކަން ކަށަވަރީ ﷲ ތަޢާލާ އެއާމެދު ރުއްސެވުމުންނެވެ.

ފަހެ ޙައްޤުގައިވާކަމަށް ހީކޮށްގެން އުޅޭ މަގުފުރެދިގެންވާ ކިތައް މީހުން ވޭހެއްޔެވެ؟
{وَإِنَّهُمۡ لَیَصُدُّونَهُمۡ عَنِ ٱلسَّبِیلِ وَیَحۡسَبُونَ أَنَّهُم مُّهۡتَدُونَ } [الزخرف ٣٧]
"އަދި ހަމަކަށަވަރުން، އެ ޝައިޠާނުން، މީސްތަކުން ތެދުމަގުން އެއްކިބާކުރެތެވެ. އަދި އެއުރެން ހީކުރަނީ، އެއުރެންވަނީ ތެދުމަގު ލިބިފައިކަމުގައެވެ." “

▪️” އިންސާނާ މަގުފުރެދިފައިވާ މީހަކަށް ވާކަށް، އޭނާއަށް އެކަން އެނގިގެންވުން ކޮންމެހެން ލާޒިމެއް ނުކުރެއެވެ.
ރައުޔަކާމެދު ހިތްރުހި ޤަބޫލުވުމަކީ އަދި އެރައުޔު ޙައްޤުކަމުގައި ހަދާނޭ ކަމެއް ނޫނެވެ:

{إِنَّهُمُ ٱتَّخَذُوا۟ ٱلشَّیَـٰطِینَ أَوۡلِیَاۤءَ مِن دُونِ ٱللَّهِ وَیَحۡسَبُونَ أَنَّهُم مُّهۡتَدُونَ } [الأعراف:٣٠]
"ހަމަކަށަވަރުން، އެއުރެން اللَّه ފިޔަވައި ޝައިޠާނުންނަކީ، އެހީތެރި އެކުވެރިން ކަމުގައި ހިފިއެވެ. އެއީ އެއުރެންނީ ތެދުމަގު ލިބިގެންވާ ބަޔަކު ކަމުގައި އެއުރެން ހީކުރާ ޙާލުގައިއެވެ." “

▪️”މަގުފުރެދިފައިވާ މީހާ ދެކޭ ރައުޔާމެދު (ވަރުގަދަ) އިތުބާރެއް އޭނާއަށް އޮތުން ލައްވައިގެން އޭނާ އިމްތިޙާނު ކުރެވިދާނެއެވެ. އެހެންގޮސް އޭނާ ހަމްދަރުދީވުމުގެ ލޮލަކުން ޙައްޤުގެ އަހުލުވެރިންނަށް ބަލާ، އެމީހުންނަކީ ކެހީގައި ޖެހިގެން ގެންދެވޭ ބައެއްކަމަށް ދެކިއްޖައުމަށް ދާންދެނެވެ:
{إِذۡ یَقُولُ ٱلۡمُنَـٰفِقُونَ وَٱلَّذِینَ فِی قُلُوبِهِم مَّرَضٌ غَرَّ هَـٰۤؤُلَاۤءِ دِینُهُمۡۗ} [الأنفال: ٤٩]
"މުނާފިޤުންނާއި، އެއުރެންގެ ހިތްތަކުގައި ބަލިމަޑުކަމެއްވާ މީހުން ބުނިހިނދުއެވެ! (އެމީހުން ބުނި ބަހަކީ) މިބައިމީހުންގެ (އެބަހީ: މުސްލިމުންގެ) ދީން އެއުރެން ކެހީގައި ޖައްސާ ހެއްލުންތެރިކޮށްފިއެވެ." “

▪️”ނުބައިކަމާމެދު މުނިއަވަސް ފިލާ ހިތްހަމަޖެހުމަކީ އަދި އެކަން ހެވެއް ކަމުގައި ހަދާނޭކަމެއް ނޫނެވެ!
Hunafa -Millat Ibraheem (dhivehi)
🔥 މަގުފުރެދުން: ▪️”މަގުފުރެދުމުގެ އެންމެ ފުރަތަމަ އޮށަކީ އަމިއްލަ އެދުމެވެ. ދެން އެކަންވާނީ ކިބުރުވެރިކަމަށެވެ. ދެން އެވެގެންދާނީ ޙައްޤު ދޮގުކުރުމަށެވެ: #الطريفي
ފަހެ ނުބައި ކަންތަކާ އެކުވެ މަސްހުނިވުން ދިގުލުމުގެ ސަބަބުން ހިތަށް އޭގެ އަސަރުކުރެއެވެ.
ދެން އެކަން އާދައިގެ ހުއްދަކަމެއް ގޮތަށް ނަގައިގަނެއެވެ.

އެއީ ހަށިގަނޑުވެސް، އޭގެ ކައިރީގައި އުނދަގުލެއް ހުރުން ދިގުލައިގެން އޭގެ އަސަރު ކުރާގޮތަށެވެ.
އެގޮތުން (ހޫނު) ފެނުގެ ހޫނުކަމުގެ ސަބަބުން އެންމެ ފުރަތަމަ ފަހަރު އަތަށް އުނދަގޫވެއެވެ. ދެން އެއަށްފަހު އެއަށް ހޭނި ފަރިތަވެއެވެ.“

-ޝެއިޚު ޠަރީފީ-

#الطريفي
ދަތުރުމަތީގައި ނަމާދުކުރުމުގެ ޙުކުމްތަކުގެ ތެރެއިން:
ދަތުރުގެ ލުއިތަކުގައި ދަތުރުވެރިޔާ ހިފަން ފެށޭނީ ކޮންއިރަކުން؟
Hunafa -Millat Ibraheem (dhivehi)
ދަތުރުމަތީގައި ނަމާދުކުރުމުގެ ޙުކުމްތަކުގެ ތެރެއިން: ދަތުރުގެ ލުއިތަކުގައި ދަތުރުވެރިޔާ ހިފަން ފެށޭނީ ކޮންއިރަކުން؟
✈️ ދަތުރުމަތީގައި ނަމާދުކުރުމުގެ ޙުކުމްތަކުގެ ތެރެއިން:

🔹ދަތުރުގެ ލުއިތަކުގައި ދަތުރުވެރިޔާ ހިފަން ފެށޭނީ ކޮންއިރަކުން؟

1️⃣ ދަތުރުވެރިޔާ، އެއިން ދަތުރުވެރިއެއްގެ ގޮތުގައި އޭނާގެ ރަށުން ބޭރަށް ނިކުތުމަށް ނިމޭ ދަތުރަކަށް ޤަޞްދުކޮށްގެން ނައްޓާލުމާއެކު ދަތުރުގެ ލުއިތަކުގައި (ޤަޞްރު ޖަމްޢުކުރުންފަދަ ޙުކުމްތަކުގައި) ހިފޭނެއެވެ. އޭނާ (ރަށް ދޫކޮށް ޢިމާރާތްތައް އޮބިގެންދާންދެން) ނައްޓާނުލިޔަސް އެއީ ދަތުރުވެރިއެކެވެ.
އެއީ ޙައްޖުވެރިޔާ (މީޤާތަށް ފޯރައިގެން) އިޙްރާމް ނޭޅިޔަސް ޢުރުފު ޢާދައިގެ ގޮތުން (ޙައްޖަށް) ހިނގައިގަތީމާ ޙައްޖުވެރިޔެއްގެ ގޮތުގައިވާ ގޮތަށެވެ.

2️⃣ އެންމެ ރާޖިޙުގޮތަކީ: ޢިމާރާތްތައްވާ ސަރަހައްދުން ނިކުތުން، ދަތުރުގެ ލުއިތަކުގައި ހިފުމަށް ގުޅި ޝަރުޠުވެގެން ނުވުމެވެ. އެހެންނޫންނަމަ ޤާހިރާގެ އެންމެ އުތުރު އައްސޭރިފަށުގައި އުޅޭ މީހާ؛ މީޓަރުކޮޅެއް ދުރަށް ޖެހިލީމާ ޤަޞްރުކުރެވި، އަނެއްކޮޅުން ޤާހިރާގެ ދެކުނުގައި އުޅޭ މީހާއަށް ޤަޞްރުކުރެވޭނީ  (ޤާހިރާއިން ނިކުންނަން ދުއްވާތާ) 200 ކިލޯމީޓަރ ފަހުންނެވެ. އެއީ އެދެމީހުން ޤަޞްދުކުރާ ދިމާ އެއްތަނަކަށްވާނަމައެވެ.

3⃣ ދުނިޔޭގެ ބައެއް ޤައުމުތަކުގެ ވެރިކަންކުރާ ރަށްތަކުގައިވާ ގޮތަށް (މިޒަމާނުގައި) އެސިޓީތައް އެތައް ސަތޭކަ ކިލޯމީޓަރަކަށް ދެކޮޅުން ދެމިގެން ފުޅާވެގެންދިޔުމާއެކު ދެން އެރަށެއްގެ އިރުމަތީ ފަރާތުން ނިކުންނަ މީހަކު ހުޅަނގު ފަރާތުން ނިކުމެއްޖައުމަށް ދާންދެން ދަތުރުގެ ލުއިތަކުގައި ނުހިފޭނެކަމަށް ބުނުމަކީ ޞައްޙަ ބުނުމެއް ނޫނެވެ.

4⃣ ދަތުރުކުރަން ނިންމާ، އަދި އެމީހެއްގެ ފޮށިތަންމަތި ބަނދެފި މީހާ، އަދި ބާކީ ހަމައެކަނި އޮތީ (ދަތުރަށް ނިކުންނަން) ދުއްވުންކަމުގައިވާ މީހާ؛ ފަހެ އޭނާއަށް ނަމާދު ޤަޞްރުކުރުމާއި، ރޯދަ ދޫކޮށްލުން ހުއްދަވެއެވެ. އޭނާގެ އަވަށުގައި އަދި ހުރިނަމަވެސް ވަރިހަމައެވެ. މިއީ އެންމެ ރާޖިޙުގޮތުގެ މައްޗަށެވެ.
ރަށުން އެއްކޮށް ބޭރުވެ ނިކުތުން (ޝަރުޠުކޮށްގެން) ބެލުމަކީ ދަތި އުނދަގޫވެގެންވާ ކަމެކެވެ. ޚާއްޞަކޮށް ރަށްތައް ފުޅާވެ ތަނަސްވެގެން ގޮސްފައިވުމާއެކުގައެވެ.

🔸ނަމާދު ޤަޞްރުކުރެވޭ މުއްދަތު:

ދަތުރުވެރިޔާގެ ދަތުރުގެ މުއްދަތު ދިގުލިޔަސް ނަމާދު ޤަޞްރުކުރުން ޞައްޙަވެގެންވެއެވެ.
އެއީ ރަށުގައި ޤާއިމުވެގެން ހުންނަ މީހުންގެ ޙާލަތު ފަދައިން އޭނާގެ ޙާލަތު ޤަރާރުވެ ހަމަނުޖެހި، އަދި އޭނާގެ ފުރަތަމަ ރަށަށް އެނބުރި ދިޔުމަށް (ޤަޞްދު ބާއްވައިގެން އިންތިޒާރުކޮށް) ބަލަބަލާ ހުންނަހާހިނދަކުއެވެ.“

-ޝެއިޚު ޠަރީފީ-

#الطريفي